އެންމެންގެ މަންމަ ވަރަށް ބަލި ޙާލުގަ އެނދުމަތިވެފަ- ހެޔޮދުޢާކުރުން ގިނަކޮށްލަދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އެންމެންގެ މަންމަ ވަރަށް ބަލި ޙާލުގަ އެނދުމަތިވެފަ- ހެޔޮދުޢާކުރުން ގިނަކޮށްލަދީ!

ޢިލްމްވެރިއަކު ދަރުސް ފަށްޓަވަމުން ވިދާޅުވިއެވެ. 

"އަހަރެމެން އެންމެން (ހުރިހާ މުސްލިމުން) އެންމެ ލޯބިވާ، އެންމެންގެވެސް މަންމަ މިވަގުތު އޮތީ ވަރަށް ބަލިޙާލުގައި އެނދުމަތިވެފައެވެ. އޭނާއަށްޓަކައި ގިނަގިނައިން ހެޔޮދުޢާކުރާށެވެ! މަތިން ފައިބާ ޑޮކްޓަރަކު ފަރުވާދީ މަންމަ ގަދަކުރައްވަވާނެ ދުވަހާއި ހަމައަށް އަޅާނުލައި ނުތިބޭށެވެ. ތިއަބައިމީހުން ރުހުނަސް ނުރުހުނަސް އެދުވަހު މަންމަ ގަދަވެގެން ތެދުވާނެއެވެ."

އެހިސާބަށްދާއިރަށް އަޑުއަހަން ތިބި މީސްތަކުން ގޮވަން ފަށައިފިއެވެ. "ކޮން ހޮސްޕިޓަލެއްގައި ހެއްޔެވެ؟ ކޮން ވޯޑެއްގައި ހެއްޔެވެ؟" 

އިމާމްގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ.  

މިބުނަނީ އަހަރެމެން ހުރިހާ މުސްލިމުންގެ މަންމަ ކަމުގައިވާ އިސްލާމީ އުންމަތް އޮތް ޙާލުގެ ވާހަކައެވެ. އުންމަތަށްޓަކައި ހެޔޮ ދުޢާކުރުމުގެ ވާހަކައެވެ. އަދި ކަންކަން ރަނގަޅުވާނޭ، ޢީޞާގެފާނު ފައިބާ ވަޑައިގެން ދައްޖާލު ޤަތުކުރައްވަވައި މުޅި ދުނިޔެ އިސްލާމްކުރައްވަވާނެއޭ ކިޔައި އެދުވަހާއި ހަމައަށް އިންތިޒާރުގައި ތިބެގެން ވާން ނެތްކަމުގެ ވާހަކައެވެ. 

އެމީހަކަށް ކުރެވުނު ކޮންމެ މަސައްކަތެއްވެސް ކުރާށެވެ! ފުރަތަމަ ކަމަކަށް ތިމާގެ އަނބިދަރިންނަށް ޙަލާލްތަކެތި ކާންދީ ރަނގަޅު ގޮތުގައި ބޮޑުކުރާށެވެ! އެކަން އެހެން ނުކުރާތީ އެދަރިން މިއަދުވެސް އެދުވަނީ މިހާރު ފައުޅުވެފައި ތިބި ކުދިކުދި ދައްޖާލުތަކުގެ ފަހަތުންނެވެ. މާދަމާ ބޮޑު ދައްޖާލުއަރާއިރަށް އެއެތީގެ ފަހުން ދުވެ ތާއީދުނުކުރާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން