މުސްލިމުން ގަހެއް ފަދަކަމަށް ޙަދީޘްފުޅު ކުރެއްވެވި ގަހަކީ ކޮބާތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މުސްލިމުން ގަހެއް ފަދަކަމަށް ޙަދީޘްފުޅު ކުރެއްވެވި ގަހަކީ ކޮބާތަ؟

ކައު އިތުރު ރަސޫލާ މުހައްމަދު (ﷺ) މުސްލިމުންގެ މިސާލު ދައްކަވާފައިވަނީ ކަދުރު ރުކެއްފަދައިންނެވެ.

"ގަހެއްވެއެވެ. އެ ގަހުން ފަތެއް ނުފައިބާނެއެވެ. އަދި މުސްލިމެއް ފަދައެވެ. އެ ގަހަކީ ކޮބައިތޯ؟" ރަސޫލް (ﷺ) ޞަހާބީންނާއި ސުވާލު ކުރެއްވެވިއެވެ. އެގަހަކީ ކޮބައިކަން ބަޔާންކޮށްދެއްވެވުމަށް ރަސޫލް (ﷺ) ޞަޙާބީންގެ އަރިއަހުން އެދުމުން ޙަދީޘްފުޅު ކުރެއްވެވީ އެއީ ކަދުރު ރުކެއް ކަމަށެވެ.

Volume 1, Book 3, Number 58:

Narrated Ibn 'Umar:

Allah's Apostle said, "Amongst the trees, there is a tree, the leaves of which do not fall and is like a Muslim. Tell me the name of that

tree." Everybody started thinking about the trees of the desert areas. And I thought of the date-palm tree but felt shy to answer the

others then asked, "What is that tree, O Allah's Apostle ?" He replied, "It is the date-palm tree."

މިޙަދީޘްފުޅާއިމެދު އަހަރެން ބުނާނީ އެނގިގެންދަނީ މުސްލިމުންނަކީ އެމީހުންގެ އުނދަގޫ އެއްވެސް ވަރަކަށް އެހެން މީހުންނަށް ފޯރައިގެން ވާނެ ބައެއް ނޫން ކަމާއި މުސްލިމުންގެ ކިބައިން އެހެން މީހުންނަށް ކުރަން ޖެހޭނީ ފައިދާކަން ބަޔާން ކުރައްވަވާފަދައިވާ ކަމަށެވެ. އެހެނީ ގަހުން ފަތް ނުފައިބާނަމަ ކުނިއެޅި ހަދިއެއް ނުވާނެއެވެ. ކުނިކަހާކަށްވެސް ނުޖެހޭނެއެވެ. ކަދުރު އެޅުމުން ކާން ލިބި އެއިގެ ފައިދާ އެންމެންނަށްވެސް ކުރާނެއެވެ.

މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން މީސްތަކުން ސަލާމަތްވެގެންވާ މީހާކަމަށް އޮތް ޙަދީޘްފުޅަކީވެސް މި ބަޔާންކުރި ބަހަށް ބާރުލިބޭ ޙަދީޘްފުޅެކެވެ. ވީމާ މުސްލިމަކަށްވުމަށްޓަކައި މި ބަޔާންކުރި ކަންކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުންވ

މިއަދު އޮންލައިން