ﷲ ތަޢާލާ މީސްތަކުންނަށް ޙަރާމްކުރައްވަވާފައިވަނީ ވަރަށް މަދު ކަންކަމެވެ. އެހެން ކަމާއިއެކުގައިވެސް އެކަންކަން ކުރުމަށްފަހު އެއީ "ކޫލްވެލަން" ކުރި ކަމެއްކަމަށް އެބަ ބުނެއެވެ.
މީސްތަކުންނޭވެ! މަސްތުވެގެން ހުންނައިރު ތިމާަށް މިހުރެވެނީ ވަރަށް ބޮޑަށް ކޫލްވެގެންކަމަށް ސިކުނޑިއަށް ވިސްނިދާނެއެވެ. އެހާލަތުގައި ހުންނައިރު އަލިފާނުގައި އަތްލުންވެސް ކޫލްވެދާނެއެވެ. ނަމަވެސް ނިކަން އަލިފާނުގައި އަތްލައިބަލާށެވެ! ހޫނުވެގެން ނުފިހޭތޯ ނިކަން ބަލައިބަލާށެވެ! 100 އިންސައްތަ ކޫލްވެގެންހުރެ ނަމަވެސް އަލިފާނުގައި އަތްލުމުން ނުވަތަ ގައިގައި އަލިފާން ޖެއްސުމުން ނުފިހުނު ހަމައެކަކުވެސް ނިކަން ދައްކަބަލާށެވެ! ދައްކައިފިނަމަ ތިއަބުނާ ކޫލަކީ ހަމަ ޙަޤީޤަތުގައިވެސް ކޫލެއްކަމަށް އަހަރެން ޤަބޫލުކުރާނަމެވެ.
މީސްތަކުންނޭވެ! ޤިޔާމަތްދުވަސް އަހަރެމެންނާއި ބައްދަލުނުކުރާނެ ގޮތެއް ނުހެދޭނެއެވެ. ނަރަކައިގެ އަލިފާން ކޫލް ކުރެވޭނެ ހަމައެއްވެސް ގޮތެއް ނުއޮންނާނެއެވެ! ވީމާ ތިއަބުނާ ކޫލްވުމަކުން ވޭވޭނީ ކޮން ކޫލެއް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން