ކައިވެނިކޮށް ހަފްލާ ބާއްވާއިރު އެނގުން ވަރަށް މުހިންމު ކަމެއް- ފޮތުގެ އެއްބައަށް އީމާންވެ އަނެއްބައަށް ކާފަރުވުމަކީ ކޮބައިތޯ؟: ޑރ. އިޔާޟް ގެ ޖަވަަބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކައިވެނިކޮށް ހަފްލާ ބާއްވާއިރު އެނގުން ވަރަށް މުހިންމު ކަމެއް- ފޮތުގެ އެއްބައަށް އީމާންވެ އަނެއްބައަށް ކާފަރުވުމަކީ ކޮބައިތޯ؟: ޑރ. އިޔާޟް ގެ ޖަވަަބު

ސުވާލު:. ފޮތުގެ އެއްބައަށް އީމާންވެ އަނެއްބައަށް ކާފަރުވުމަކީ ކޮބައިތޯ އަދި އަސްބާބުލް ނުޒޫލެއް ވާނަމަ ބުނެ ދެއްވުން އެދެން! 

ޖަވާބު:. އާދެ! ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއްބައަށް ކާފަރުވުމޭ ބުނާބަހުގެ މާނައަކީ މިސާލަކަށް ބުނާކަމަށްވަނީނަމަ އަޅުގަނޑުމެން ކައިވެނި ކުރަނީ. ކައިވެނި ކުރާއިރުގައި އަޅުގަނޑުމެން ކައިވެނީގެ ޢަޤްދުކުރުން ނުވަތަ ކައިވެނި ކުރުން މި ބާއްވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް. 

އެއީ ދެހެކިންގެ ހެކިން ތިބެފައި ވަލީވެރިޔާގެ ވަލީލިބިގެން އިސްލާމީ ޝަރީޢަތުގެ ހަމަތައާ އެކީގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ކައިވެނި ކުރަނީ . އެކަމަކު ކައިވެނިކޮށް ނިންމިގެން ކައިވެނީގެ ޕާޓީ ބާއްވަން މިޖެހެނީ އަދި ކައިވެނީގެ ވެޑިން ޑްރެސް ތައްޔާރުކޮށްފައި މިހުންނަނީ އިސްލާމް ދީނުގެ ގިއުގަނޑާ ޚިލާފަށް. 

އެހެންވެއްޖެ ކަމަށްވަނީނަމަ ބުނެވިދާނެ އޭނާ ކައިވެނި ކުރުމުގެ ކަންތައްތައް އޭނާ ކުރަނީ އިސްލާމްދީނާ އެއްގޮތަށޭ. ވެޑިންގ ޕާޓީ ބާއްވަންވީމައި އިސްލާމް ދީނާ ޚިލާފަށޭ. އެހެންވެއްޖެއްޔާ އެއީ ފޮތުގެ އެއްބައަށް އީމާންވެފައި އަނެއްބައަށް ކާފަރުވުންފަދަކަމެއް. އެގޮތަށް ކުރެވޭކަންތައްތަކަށް މިކިޔަނީ ފޮތުގެއެއްބައަށް އީމާންވެފައި އަނެއްބައަށް ކާފަރުވުމޭ. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް

 

 

މިއަދު އޮންލައިން