ތިބާއަކީ އެހެން މީހުން ލައްވައި ﷲ އަށާ ތިބާގެ މައިންބަފައިންނަށް އެއްޗެތިގޮއްވާ މީހަކަށްނުވާށެވެ! ފާފަވެރިވާނީ ތިބާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތިބާއަކީ އެހެން މީހުން ލައްވައި ﷲ އަށާ ތިބާގެ މައިންބަފައިންނަށް އެއްޗެތިގޮއްވާ މީހަކަށްނުވާށެވެ! ފާފަވެރިވާނީ ތިބާއެވެ!

އެއްވެސް މީހަކީ އެހެން މީހުން ތިމާގެ މައިންބަފައިންނަނަށް އެއްޗެތިގޮވުމަށް އެދޭނެ މީހަކު ނޫނެވެ. ނަމަވެސް ބައެއް ފަހަރު ތިމާއަކީ އެހެން މީހުން ލައްވައި ތިމާގެ މައިންބަފައިންނަށް އެއްޗެތިގޮއްވާ މީހަކަށް އެބަ ބަދަލުވެއެވެ. 

އެކަން އެހެންވާ ގޮތް ޙަދީޘްފުޅުން އެނގެން އެބައޮތެވެ! އެއީ ތިބާ އެހެން މީހުންނަށް ނުވަތަ އެހެން މީހުންގެ މައިންބަފައިންނަށް އެއްޗެތި ގޮވުމެވެ. އެއިރުން އެމީހާ ތިބާގެ މައިންބަފައިންނަށް އެއްޗެތިގޮވަނީއެވެ! އެއިރުން ކުށްވެރި މިވަނީ ކާކުހެއްޔެވެ؟ ތިބާ ނޫން ހެއްޔެވެ؟ 

ހަމަ އެފަދައިން ބައެއް މީހުން އެހެން މީހުންގެ ކަލާނގެތަކަށް އެބަ އެއްޗެތި ގޮވައެވެ. އެއިރުންވާގޮތަކީ އެމީހުން ﷲ ތަޢާލާއަށް އެއްޗެތިގޮވުމެވެ. އެއިރުން ތިބާއަށް އެކުރެވެނީ މާބޮޑު ފާފައެކެވެ. 

މިހިރަ މިހިރަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. ބައެއް މީހުންނަށް މިފަދަ ކަންކަމުގެ ތެރެއަށް ވަދެގަނެވެނީ މިކުރެވެނީ ކިހައި ބޮޑު ފާފައެއްކަން ނުވެސް އެނގިހުރެއެވެ. ވީމާ ހޭލުންތެރިވެ އަމިއްލައަށް ރައްކައުތެރިކަން ލިބިގަންނާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން