ﷲ ގެ ދީނާއި ދެކޮޅަށް މުޝްރިކުން ހޭދަކުރުން ގިނަވުމަކީ މުސްލިމުންނަށް ނަޞްރު ލިބުމުގެ ކޮޅުމައްޗެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ﷲ ގެ ދީނާއި ދެކޮޅަށް މުޝްރިކުން ހޭދަކުރުން ގިނަވުމަކީ މުސްލިމުންނަށް ނަޞްރު ލިބުމުގެ ކޮޅުމައްޗެވެ.

ބަލައިލި ކޮންމެ ދިމާއަކުން މިއަދު ފެންނާނީ ދާދިއެއްކަމެކެވެ. މުސްލިމުން އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި ކާފިރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެވެ. އެކަމަށްޓަކައި ބޮޑެތި ހޭދަތައް ކުރަމުން ގެންދާތަނނެވެ. 

އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއިން ވެސް މިއަދު ފެންނަމުން މިދަނީ ހަމަ އެއްކަމެކެވެ. ދިވެހިން އިސްލާމް ދީނުން ބޭރުކުރުމަށްޓަކައި ކާފިރުން އިންތިހާއަށް ހޭދަކޮށް މަސައްކަތްކުރަމުން ގެންދާއިރު ވިސްނައިނުލާ ތިބެ އަމިއްލައަށް މިއަދު ދަނީ އެފަދަ މަސައްކަތްތައް ކުރެވެމުންނެވެ. ސިއްރުން ހިނގާ ކަންކަން ދޫކޮށްލައި ރަށުފަތުރުވެރިކަމާ ހޯމްސްޓޭގެ ތެރެއިންވެސް ފެންނަމުން ދަނީ ހަމަ އެއްކަމެއް ކުރެވޭތަނެވެ.

﴿فسينفقونها ثم تكون عليهم حسرة ثم يغلبون﴾

"ދެންފަހެ އެއުރެން ހޭދަކުރާނެތެވެ. އަދި އެކަން އެއުރެންގެ މައްޗައްވާ ބޮޑު ގެއްލުމެއްކަމުގައި ވާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ."

إِنَّ الَّذِينَ كَفَرُوا يُنفِقُونَ أَمْوَالَهُمْ لِيَصُدُّوا عَن سَبِيلِ اللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ

"ހަމަކަށަވަރުން، ކާފިރުވިވި މީހުން، ﷲގެ މަގުން މީސްތަކުން ދުރުކުރުމަށް، އެއުރެންގެ މުދާތައް ހޭދަކުރެތެވެ. ފަހެ، އެއުރެން އެތަކެތި ހޭދަކުރަމުން ގެންދާނެތެވެ. ދެން އެ މުދާތައް، އެއުރެންގެ މައްޗަށް ހުރި ހިތާމަޔަކަށް ވެގެންދާނެތެވެ. ދެން އެއުރެން ބަލިކުރައްވާނެތެވެ. އަދި ކާފިރްވިމީހުން ނަރަކައަށް ޖަމާކުރައްވާނެތެވެ." (އަލް އަންފާލް: 36)

މިއަދު ތަފާތު ބަހަނާތައް ދެއްކި ނަމަވެސް ކަންކަން ވަމުން އަންނަގޮތް ލޯތަކަށް ފެނެއެވެ. ނުކުންނަ ނަތީޖާވެސް ފެއެވެ. އެދުވަހުން ކަންކަން ވާނެ ގޮތްވެސް މިއޮތީ ފެންނާށެވެ!

މިއަދު އޮންލައިން