"މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
"މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް!: ޝައިޚް ޢަލީ ޒައިދު

"މާހެފުމަކީ ބިދުޢައެއް ނޫން! މިއީ ދިވެހިން ޘަޤަފީގޮތުން ކުރަމުން އަންނަ ކަމެއް! ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ޞައްޙަ ބުނުމެއް ނޫން!"

- ޝައިޚް ޢަލީ ޒައިދު

މާހެފުން ބާއްވަނީ ޢާއިލާގެ މީހުން، އެކުވެރިން ބައްދަލުކޮށްލައި އުފާކޮށްލުމަށެވެ. ގުޅުން ބަދަހިކޮށްލުމަށެވެ. އެއީ ދިވަހިން އަޅުކަމެއްގއ ގޮތުގައި ކުރަމުން އަންނަ ކަމެއް ނޫނެވެ. 

ރޯދއާ ދިމާކޮށް ގޯތިތަކަށް ދޮންވެލިލުމާ ހޭގައި ކުލަލުން ފަދަ ކަންކަން ކުރަނީ ގެދޮރު ޒީނަތްތެރިކުރުމަށެވެ. ކޮންމެހެން ރޯދައާއި ގުޅުވައިގެން ކުރާ އަޅުކަމެއްގެ ގޮތަކު ނޫނެވެ. ބިދުޢަ އަކީ ދީނުގައި ނެތްކަމެއް އަޅުކަމެއްގެ ގޮތުގައި ދީނުގެ ތެރެއަށް ގެނައުމެވެ. 

ފަހަކަށް އައިސް ބައެއް މާހެފުންތަކަށް ދިނީ ޢިލްމުވެރިންނަށް ދީގެން ގެންގޮސް ދީނީ ނަޞޭޙަތް ދިނުން ފަދަ ކަންކަންވެސް ކުރެއެވެ. ބައިވެރިންގެ ސުވާލުތަކަށް ޢިލްމުވެރިން ޖަވާބުވެސް ދެއްވައެވެ. އެކަމުގެ ފައިދާ ބައިވެރިންނަށް ކުރެއެވެ. 

މިއަދު އޮންލައިން