އޭޑީކޭ އިން އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 14ސ
އޭޑީކޭ އިން އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފި

އޭޑީކޭ ހޮސްޕިޓަލްގައި މި ދިޔަ އަހަރު މަސައްކަތްކުރި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ އަގުވަޒަންކުރީ، ހޮސްޕިޓަލަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި 2021 ވަނަ އަހަރު އެ ހޮސްޕިޓަލްގައި މަސައްކަތްކުރި އެންމެ މަސައްކަތްތެރި ކަމަށް ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. 

އޭޑީކޭއިން އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ދިން  މުވައްޒަފުންގެ ތެރޭގައި ހިމެނެނީ، ކަސްޓަމަރ ރިލޭޝަން އެސިސްޓެންޓް ފާތިމަތު އަންވަރު ޢަލީ، ޕްރެކްޓިސިން ނަރސް މެނޭޖަރ ޖިކްޝަން ޖޯއި، ޕްރެކްޓިސިން ނަރސް މެނޭޖަރ ފާތިމަތު އާސްތަނާ، ސީނިއަރ ސްޓާފް ނާރސް ޝަމޫނާ ޢަލީ، ޑރ. މިޝްވާރ އަޝްފާޤް (އޯރތޮޕެޑިކްސް)، އެސިސްޓެންޓް ކޯޑިނޭޓަރ ސީމާ މުހައްމަދު، މެޑިކަލް އޮފިސަރ އައިޝަތު ސޮއިފާ ޝަރީފް، މެޓާނަލް އެންޑް ޗައިލްޑް ކެއަރ ނާރސް ޝީޒާ އަބްދުލް ވާހިދު، ޑރ. އަހުމަދު ނިޝާން (ސާޖަން)ގެ އިތުރުން، ކަސްޓަމަރ ސާވިސް އެކްޒިކިއުޓިވް އަހުމަދު ހައްސާން، އަދި ޑރ. ނަޝިދާ ސައީދު (އިންޓާނަލް މެޑިސިން) އެވެ.

މި އެވޯޑްތައް އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

 

މިއަދު އޮންލައިން