ދެމަފިރިންގެ ވަރަށް ގިނަ މައްސަލަތައް ޙައްލުކުރެވޭނެ ކަމަކާއެކު އުފަލާ ހިތްހަމަޖެހުން ހޯދަން ކޮންމެހެން ކުރަން ޖެހޭ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ދެމަފިރިންގެ ވަރަށް ގިނަ މައްސަލަތައް ޙައްލުކުރެވޭނެ ކަމަކާއެކު އުފަލާ ހިތްހަމަޖެހުން ހޯދަން ކޮންމެހެން ކުރަން ޖެހޭ 5 ކަމެއް!

މިރޭގެ ދަރުސް ފެށުމުގެ ކުރިން ސިކުނޑިތައް ތާޒާކޮށްލުމުގެ ގޮތުން ކޮންމެ މީހަކުވެސް އަބަދުވެސް ކޮންމެހެން ކުރަން ޖެހޭ 5 ކަމެއް ބުނެދޭނަމެވެ!

1 ވާހަކަ ދެއްކުމުގެ ކުރިން އެހެން މީހުން ދައްކާ ވާހަކައަށް އިޙްތިރާމްކޮށް އަޑުއެހުން

2 އެއްޗެއް ލިޔާނަމަ ލިޔުމުގެ ކުރިން މިލިޔެވޭ އެއްޗަކާއިމެދު ވިސްނުން

3 ކަމެއް ނުވާނެ ކަމަށް ނިންމުމުގެ ކުރިން އެކަމެއް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން

4 މަރުވުމުގެކުރިން ޞަދަޤާތް ކުރެވެން ހުރި ހުރިހާ އެއްޗެއް ޞަދަޤާތްކުރުން

5 އެއްވެސް ކަމަކާއިމެދު ޝަކުވާކުރުމުގެ ކުރިން ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އލްހަމްދުލިﷲ ކިޔުން

މީގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ބައެއް މިހުން ކުރެއެވެ. ނަޞޭޙަތަކީ މި 5 ކަންތައް ކުރުމުގައި އަބަދުވެސް ސާބިތުވުމެވެ!

5 ވަނައަށް މިބުނި ކަންތަކުގައި ހިފަހައްޓައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް ކުރަން ޖެހޭ ޝކުވާތައްވެސް މަދުވެގެންދާނެއެވެ. ކުރާނެ އެއްވެސް ޝަކުވާއެއް ނެތްހައި މިންވަރަށެވެ. އެއީ އެއްވެސް ކަމެއް ނުވެގެން އެކަކު އަނެކަކަށް ޝަކުވާ ކުރުމުގެ ކުރިން، އެހައިތަނަށް ކޮށްދީފައި ހުރި ކަންކަމަށް ޝުކުރުވެރިވެއްޖެ ނަމަ ޝަކުވާ ކުރާނީ ހަމަ ވަރަށް މަދު މީހަކު ވަރަށް މަދު ފަހަރަކުކަމަށްވާތީއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން