ކިޔައި ޢިބްރަތްޙާޞިލްކުރާށެވެ! މުޅި އުމުރު ހެޔޮގޮތުގަ އުޅެފަ ޝައިޠޯނާގެ ބަހަށް ހެއްލެވުނު ވަގުތު ފުރާނަ ގެންދެވި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކިޔައި ޢިބްރަތްޙާޞިލްކުރާށެވެ! މުޅި އުމުރު ހެޔޮގޮތުގަ އުޅެފަ ޝައިޠޯނާގެ ބަހަށް ހެއްލެވުނު ވަގުތު ފުރާނަ ގެންދެވި މީހެއްގެ ވާހަކަ-

އޭނާއަކީ ހިނަވާގެއެއްގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ނަމާދުކޮށް އުޅޭ ވެސް މީހެކެވެ. ނަމަވެސް އެއްދުވަހަކު އޭނާއަށް އިމުން ބޭރުވެވުނެވެ.

އެކްސިޑެންޓެއްގައި މަރުވެގެން ހިނަވަން ގެނެވުނު އަންހެނެކެވެ. އެނާގެ ކަރުގައި އޮތީ އަގުބޮޑު ހާރެކެވެ. އިނގިލިތަކުގައި އަގުބޮޑު އަނގޮޓިތައް އަޅާފައި ހުއްޓެވެ. އަތްފައިގައި އަގުބޮޑު ކެވެލިތައް އަޅާފައި ހުއްޓެވެ. 

އޭނާގެ ހިތުގައި އެތަކެއްޗަށް ޝައުޤުވެރިކަން އުފެދުނެވެ. ހުރިހާ އެއްޗެއް ނައްޓުވައި ޖީބުތަކަށް އަޅައިލިއެވެ. ވިއްކާލުމުން ލިބޭނެ ފައިސާތަކުގެ ދަހިވެތިކަމުގައެވެ. ބޮޑު ތަނަވަސްކަމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. 

އެވަގުތުކޮޅުވީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ވަގުތުކޮޅަށެވެ. އަގުބޮޑު ގަހަނާތަކުން ޖީބުތައް ފުރައިލިވަގުތުވީ އޭނާއަށް ދުނިޔެ ދޫކުރަން ޖެހުނު ވަގުތަށެވެ. ކުއްލިއަކަށް މެއަށް ތަދެއް އަރާފައި މަރުވީއެވެ. ފާފަކުރެވުނީއެވެ. ކުރިފާފައިން ތިމާއަށް ދުނިޔެމަތީގައިވެސް ކުރި ފައިދާއެއް ނެތި ދުނިޔެ ދޫކުރަންޖެހުނީއެވެ. މިއަށްވުރެ ބޮޑު ހިތާމައެއް ލިބޭނީ ކާކަށް ހެއްޔެވެ؟

މީސްތަކުންނޭވެ! މުޅި ޢުމުރު އޭނާހޭދަކުރީ ރަނގަލު ގޮތުގައެވެ. ނަމަވެސް އޭނާގެ ހިތުގައި އީމާންކަން ކުޑަވީއެވެ. ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވީއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ފަހުވަގުތު ޝައިޠޯނާ އޭނާ އަތުލައިގަތީއެވެ. ޝައިޠޯނާގެ އަޅަކަށް ހެދީއެވެ. 

އެއްވެސް މީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ދެއްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ. ނަމަވެސް ފެންނަން އޮތީ އެންމެފަހު ވަގުތު ވައްކަންކުރިކަމެވެ. ވަގެއްގެ ގޮތުގައި މަރުވެދިއަކަމެވެ. ހަމަޔަޤީނުންވެސް އެއީ ރަނގަޅު ނިމުމެއް ކަމަކަށް ނުބުނެވޭނެއެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނުގައި، އީމާންކަން މަތީގައި ސާބިތުކޮށް ދެއްވަވައި އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި މަރުގެންދެވުން އެދި ދުޢާކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. އީމާންކަންމަތީގައި ސާބިތުވެ ހުންނަން ގަދައަޅައި މަސައްކަތްކުރަންވީ ވެސް ހަމަ މިފަދަ ދެރަގޮތެއް މެދުވެރިވެދާނެކަމަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން