މީހަކު މަރުވެއްޖެނަމަ އޭނާ ހިފަންޖެހޭ ރޯދަ ދަރިން ނުވަތަ ހެޔޮއެދެ މީހުން ހިފައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މީހަކު މަރުވެއްޖެނަމަ އޭނާ ހިފަންޖެހޭ ރޯދަ ދަރިން ނުވަތަ ހެޔޮއެދެ މީހުން ހިފައިދޭށެވެ!

ސުވާލު:. މައިން ބަފައިންގެ ތެރެއިން އެކަކު ބަލިވުމުގެ ސަބަބުން ރޯދަމަހުގެ ރޯދަ ގެއްލި އަދި އެރޯދަތައް ނުހިފި ހުއްޓާ އެމީހަކު މަރުވެއްޖެނަމަ އޭނާގެ ދަރިންނަށް އެ ރޯދަތަށް ހިފަންޖެހޭނެތޯ؟ 

ޖަވާބު:. އާދެ! އެ ބައްޔަކީ އެއީ ފަސޭހަވާނެކަމުގެ އުންމީދު ނެތް ބައްޔެއްކަމަށް ވަނީނަމަ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީ . އެއީ ފަސޭހަވާނެ ކަމުގެ އުންމީދު އޮތް ބައްޔެއްކަމުގައިވަނީނަމަ ދަރިން ނުވަތަ އޭނައަށް ހެއުއެދޭ ބައަކު އެ ރޯދަތައް ހިފާދިނީމަ ރަނގަޅުވާނެ. ކޮންމެހެން އެއްކުއްޖެއް ހިފާކަށް ކޮންމެހެން ނުވެއްޖެހޭނެ. 

ހުރިހާކުދިންވެގެންބަހާލައިގެން ހިފިކަމުގައި ވީނަމަވެސް މައްސަލައެއް ނޫން. (އެބޭފުޅާ ދަންނަވާފައިވަނީ ނިޔާވެއްޖެ ނަމަ) އާދެ! އެހެންވެ މިދެންނެވީ ނިޔާވިކަމުގައި ވީނަމަވެސް އެބައްޔަކީ އޭނާގެ އެ ބައްޔަކީ އެއީ ކޮންކަހަލަ ބައްޔެއްތޯބަލަންޖެހޭނީ ބައްޔަކީ އެއީ ފަސޭހަ ވާނެކަމުގެ އުންމީދު އޮތް ބައްޔެއްތޯ ނުވަތަ ނޫންތޯ ފަސޭހަވާނެ ކަމުގެ އުންމީދު ނެތްކަމުގައި ވަނީނަމަ ރޯދަހިފުން އޭނާގެ މައްޗަކަށް ވާޖިބެއްނޫން. އޭގެ ބަދަލުގައި އޭނަޖެހޭނީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދެން އެކަމަކު އެބައްޔަކީ މިސާލަކަށް ހުންއައުން ތަނެއް ބިންދައިގެން ދިއުން އެކަހަލަ އެކަމުގެ ޝިފާ ލިބުމުގެ އުންމީދު އޮތް ބައްޔަކަށް ނުވަތަ ބަލިން ރަނގަޅު ވެފައިވީނަމަވެސް ރޯދަތަށްނުހިފި ހުއްޓާ އޭނާ މަރުވެއްޖެ ކަމުގައި ވަނީނަމަ އެރޯދަތަށް ހެޔޮއެދޭ ބައަކު ހިފައިދޭނީ. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން