ބޭނުމެއް ޖެހިއްޖެނަމަ ދުޢާކޮށްދިނުމަށް އެހެން މީހުންގެ ކިބައިން އެދެވިދާނެ! ނަމަވެސް އެންމެ މުހިންމީ އެމިހާ އަމިއްލައަށް ދުޢާކުރުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބޭނުމެއް ޖެހިއްޖެނަމަ ދުޢާކޮށްދިނުމަށް އެހެން މީހުންގެ ކިބައިން އެދެވިދާނެ! ނަމަވެސް އެންމެ މުހިންމީ އެމިހާ އަމިއްލައަށް ދުޢާކުރުން-!

ސުވާލު:. އަޅުގަނޑުމެންވެސް އުޅެވޭތޯ ބަލަނީ ﷲ އެންގެވި ގޮތަށް އެކަމަކު ޤްރުއާން ހިތުދަސް އަދި ފިޤްހު ޢިލްމު ލިބިފައިވާ ޝެއިޚުންގެ ފަރާތުން ހެއު ދުޢާ ކޮށްދެއްވުމަށް އެދުން މީ ރަނގަޅު ކަމެއްތޯ؟ އަދި އިޔާޒް މިގޮތަށް މީހަކު އެދިގެން ދަންނަވައިފިނަމަ ހެއު ދުޢާ ކޮށްދެއްވަފާނުތޯ؟ 

ޖަވާބު:. އާދެ! ކޮންމެ މީހަކުވެސް ހަމަ އަނެކާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމަކީ އަދި ދުޢާ ކޮށްދިނުން އެދުމަކީވެސް އެއީކީ މައްސަލައެއް އޮތް ކަމެއް ނޫން. އެހެންނަމަވެސް މީގައި ވާގޮތަކީ އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ހީވަނީ އަޅުގަނޑުމެން އަމިއްލައަށް ﷲގެ حضرة އަކަށް ނުވެއް ދެންނެވޭނޭ. އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ކޮންމެވެސް ހެއުލަފާ ޞާލިޚް މީހަކު މެދުވެރި ކޮށޭ. އެގޮތަށް ޤަބޫލު ކުރެވޭކަމަށް ވަނީނަމަ އެއީ މައްސަލައެއް. 

އަޅުގަނޑަށްވެސް ހަމަ ﷲގެ حضرة ގައި އަޅުގަނޑުމެން އަމިއްލއަށްވެސް ދަންނަވަންވީ. އަދި އެއާއެކުގައި ބޮޑު މުސީބާތެއް ޖެހިގެން އުޅޭތީ ނުވަތަ އެނޫންވެސް ކަމެއްވެގެން އުޅޭތީ އެކަމުން ރައްކާތެރިކޮށް ދެއްވުން އެދި އެހެން މީހުންވެސް އެކަމުގައި އޭނާއަށް ހެއު ދުޢާ ކޮށްދިނުން އެދި ދެންނެވުމަކީ އެއީ ހަމަ އެންމެ ރަނގަޅު  ކަމެއް! އެއީ ކޮންމެހެން ޢިލްމުވެރިން ނުވަތަ ފިޤްހު ޢިލްމު އުނގެނިފައިހުރި މީހުނަށް ވާކަން ނުޖެހޭނެ. ކިތަންމެ އާދައިގެ މީހާގެ ގާތުގައި އެގޮތަށް ދުޢާ ކޮށްދިނުން އެދުން ކަމުގައި ވިއަސް އެއީ މައްސަލައެއް އޮތްކަމެއް ނޫން.  

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން