ޤުރްއާނުގަ އާޔަތްތައް ތަރުތީލް ކުރެވިފައިވާ ގޮތާމެދު ޝައްކު އުފައްދާނެ އެއްވެސް ޖާގައެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޤުރްއާނުގަ އާޔަތްތައް ތަރުތީލް ކުރެވިފައިވާ ގޮތާމެދު ޝައްކު އުފައްދާނެ އެއްވެސް ޖާގައެއް ނެތް!

ކީރިތި ޤުރްއާނުގެ އާޔަތްތައް ތަރުތީބުކުރެއްވެވީ ޞަޙާބީން ނުވަތަ ޚަލީފާއިން ކަމަށް ބުނެ މުސްލިމުންގެ ޢަދާވާތްތެރި ގެންދަނީ މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފައްދުވަން މަސައްކަތްކުރަމުންނެވެ.  

މިފަދަ ކަންކަމަކީ މުސްލިމުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭނެ ކަންކަމުގައިވާތީ އެގޮތުން ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް އޮޅުން ފިލުވައި ދެއްވަމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ މިފަދައިންނެވެ. 

ޤުރްއާން ތަރުތީލް ކުރެއްވީ ރަސޫލުﷲ ﷺ ގެ އަމުރުފުޅަށް އެކަލޭގެފާނު އަންގަވާގޮތަށެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލު ﷲ  އާއި ބައްދަލު ކުރައްވަވާ އިރުގާ ކީރިތި ޤުރްއާން އެއަހަރެއްގެ ތެރޭގައި ބާއްވާލެއްވުނު ބައި މުރާޖަޢާ  ކުރައްވަވައެވެ.  

އަދި ކޮންމެ އާޔަތެއް ބާއްވާލެއްވުމުން ރަސޫލުﷲ  ވަޙީ ލިޔުއްވާ އަޞްޙާބު ބޭކަލުންނަށް އަންގަވާ މިވެނި އާޔަތެއްގެ ކުރިޔަށް ނުވަތަ މިވެނި އާޔަތެއްގެ ފަހަތަށް މިވެނި ސޫރަތެއްގަ މިއާޔަތް ހިމަނާށޭ،  

އެހެންވީމާ އާޔަތްތައް ތަރުތީލު ކުރުން އެއީ އެއްވެސް ޙާލަތެއްގައި އިންސާނެއްގެ އަތްމަތީގާ އޮތް ކަމެއްނޫން! އެއީ ސީދާ ﷲ ގެ އަމުރުފުޅަށް ރަސޫލު ﷲ އެންގެވި ގޮތަށް އެ ވަޙީ ލިޔުއްވުމަށް ޙަވާލުވެފައިވާ އަޞްޙާބު ބޭކަލުން ކަންތައް ކުރައްވާފައިވާ ގޮތް. އޭގެ އެއްވެސް ޞަޙާބީއެއް އަބޫބަކުރެއް، ޢުމަރެއް، ޢުޘްމާނެއް، އެހެން ބޭކަލެއް އެއްވެސް ބޭކަލެއްގެ ދައުރެއް މިކަމަކު ނޯންނާނެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޢުޘްމާންގެފާނު ކުރެއްވެވި ކަމަކީ ހަމައެކަނި ޤުރްއާނުގެ މުޞްޙަފް ލިޔުއްވައި ބައެއް ޤައުމުތަކަށް ފޮނުއްވެވުން ކަމަށެވެ. "އެއިރަކު ޗާޕެއް ނުކުރެވޭ. ފޮޓޯކޮޕީއެއްވެސް ނުހެދޭ. އެހެންވީމާ ޖެހެނީ އަތުން ލިޔަން."  

ﷲ ތައާލާ ވަނީ ޤިޔާމަތާއި ހަމައަށް ކީރިތި ޤުރްއާން ރައްކައުތެރިކުރައްވަވައިފައެވެ.

މިއަދު އޮންލައިން