ސުވާލު:. ދަމުނަމާދަށް ފަހު ރައްބަނާ ދުޢާތައް ކޮންމެ ރެއަކު ކިއުމަކީ ބިދުޢަ އަކަށްވެދާނެތޯ؟
ޖަވާބު:. ނޫނެކެވެ.! އެއީ ހަމަ ދުޢާތަކު ތެރޭގައި ހިމެނޭދުއާ ތަކެކެކެވެ. އެއީ ރައްބަނާ އިން ފެށިފައިހުރި ދުޢާތަކެވެ. އެހެންވީމާ އެ ދުޢާ ކިޔުމަކީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް ކޮންމެހެން ކިޔަންޖެހޭ، އެގަޑީގައި ކިޔަންޖެހޭ ދުޢާތަކެއްކަމަށް ޤަބޫލުކޮށްގެން ކިޔާ ކަމަށްވަނީނަމަ އެހިސާބުން މައްސަލަނުކުތުން އެއީ އެކަށީގެންވާ ކަމެކެވެ.
ސ. ޚަތިމް ކުރާއިރު ޟުހާ ސޫރަތުގެ ފަހަތަށް ހުރި ސޫރަތް ކިޔަވާ ނިމުނީމައި ތަކްބީރު ކިޔަން ޖެހޭނެތޯ؟
ޖ. ލާޒިމް ކަމެއް ނޫން އެއީކީ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް