ލިބޭ މިންވަރުން ދެކޮޅު ޖައްސައި ރޯދަމަހު ކުދިންނަށް މީރުކޮށް ކާންދިނުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ބައެއް ކަންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ލިބޭ މިންވަރުން ދެކޮޅު ޖައްސައި ރޯދަމަހު ކުދިންނަށް މީރުކޮށް ކާންދިނުމުގައި ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ބައެއް ކަންކަން

ރޯދަ މަހު ކުދިން ކާން ޝައުޤުވެރިވާނެ ތަކެތި ހޯދައިދޭން ބެލެނިވެރިން، އެމީހުންގެ ކިބައިގައި ތަނަވަސްކަން ހުރިވަރަކުން މަސައްކަތްކުރެއެވެ. އެކަމުގައިވެސް ވިސްނާލަން ޖެހޭނެ ބައެއް ކަންކަން އެބަހުއްޓެވެ. 

ހޯދައިދޭންވާނީ ހަމައެކަނި އެކުދިންނަށް މީރު، ކާހިތްވާތަކެއްޗެއް ނޫނެވެ. ހަށިގަނޑަށް ފައިދާކުރާނެ ތަކެތިވެސް ތައްޔާރުކުރަންވާނެއެވެ. ދެބައި އެއްވަރުކޮށް ކާންދޭން މަސައްކަތްކުރަންވާނެއެވެ. 

ސަބަބަކީ ކުދިންނަށް މީރުވާ ގިނަ ބާވަތްތަކަކީ ޞިއްހަތަށް ފައިދާކުރާތަކެތިކަމަށްނުވާކަމެވެ. މުޅި ދުވަހު ނުކައި ހުންނަންޖެހޭއިރު އެކަން ކުރެވޭނީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިގެން ކަމެވެ. އެހަކަތަ ހޯދައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

ގެއެއްގައި ކުދިން ގިނަ ނަމަ މީރުވެގެން ބޭނުންވާނެ ތަކެތިވެސް ގިނަވާނެއެވެ. އެހުރިހާއެއްޗެއް ކޮންމެ ހޯދައިދިނުމަކީ މާލީ ގޮތުން ބުރަކަމަކަށްވާނެ ބެލެނިވެރިން ތިބޭނެއެވެ. އަދި ތައްޔާރުކޮށްދޭން ބުރަވާނެ މައިންވެސް ތިބޭނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ކުދިންނާއިވެސް މަޝްވަރާކޮށް އެދުވަހަކު ތައްޔާރުކުރާނެ އެއްޗެއް ކަނޑައަޅައި ކަންކަން ކޮށްދެވޭނެ މިންވަރުން ކަންކަން ކޮށްދިނުމެވެ. ހުރިހާ ކުދިން ބޭނުންވާ އެއްޗެތިވެސް އުޞޫލެއްގެމަތިން ތައްޔާރުކޮށްދިނުމެވެ. 

ކުދިން ގްރޫޕްތަކަށް ބަހައިލާށެވެ. ދެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ގްރޫޕަކަށް ޚާއްޞަކޮށްގެން ތައްޔާރުކުރާށެވެ! ދެން ތިބި ކުދިން ގާތުވެސް އެކަން ބަލައިގަނެ އެހެން ކުދިންނަށް މީރު އެއްޗެތިވެސް ކާން ބުނާށެވެ!

އެކަމަށް އެންމެ ފަސޭހަވެ ކުދިން ޤަބޫލުކުރާނެ ގޮތެއްވެސް ބުނެފާނަމެވެ. ވިސްނައިދޭށެވެ. "ރޯދަމަހަކީ ހަމައެކަނި މަންމަ ދުވާލު ހަތަރުދަމު ބަދިގޭގައި އުޅެގެން ދެކޮޅު ޖެއްސެން އޮތް މަހެއް ނޫނެވެ. އެހެން ހަދައިފިނަމަ މަންމަ ހިފާ ރޯފައިން ބޮޑުބައެއް އުނިވާނެއެވެ. އެހެންވީމާ މަންމައަށް ލުއިކޮށްދީ އަޅުކަންކުރާނެ ވަގުތުވެސް ހުސްކޮށްދޭންވާނެ ނޫންހެއްޔެވެ؟" 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން