ރޯދަ ހިފަން ފެށުމުގެކުރިން ވިސްނަން ޖެހޭ ކަމެއް-! ފްލެޓް ބެލަކަނީގަ ހުރެގެން ސިގިރެޓްބުއިމަ އީމާންކަން އޮންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރޯދަ ހިފަން ފެށުމުގެކުރިން ވިސްނަން ޖެހޭ ކަމެއް-! ފްލެޓް ބެލަކަނީގަ ހުރެގެން ސިގިރެޓްބުއިމަ އީމާންކަން އޮންނާނެތަ؟

މިހާރަކަށް އައިސް އިމާރާތްކުރެވޭ ފްލެޓްތައް މިހުންނަނީ ޖެހިޖެހިގެންނެވެ. ބެލްކަނީތައްވެސް ހުންނަނީ އިންވެގެންނެވެ. ތިމާ ދިރިއުޅޭ ފްލެޓުގައި ދިރިއުޅޭ މީޙުންނަށް އުނދަގޫ ނުކުރަންވެގެން ސިގިރެޓްބޯން ނުކުންނަނީ ބެލްކަންޏަށެވެ. 

އެ ހިސާބުން ދޫކުރާ ދުންތައް ގޮސް ވަންނަނީ ޖެހިގެން ހުރި ފްލެޓަށެވެ. ބެލްކަނީގައި ހިއްކަން އަޅާފައި ހުންނަ އެއްޗެތީގައި ދުންވަސް ހިފައެވެ. ޖެހެނީ އަލުން ދޮންނާށެވެ! އަދި އެ ފްލެޓްގައި ދިރިއުޅެނީ ސިގިރެޓްބުއިމުން އުނދަގޫވާ ބައަކު ނަމަ ޖެހެނީ ވައިކޮޅު ވައްދަން ހުލުވާފައި ހުރި ދޮރުވެސް ބަންދުކުރާށެވެ. 

ދެން ވިސްނައިލާށެވެ! "އީމާންކަން ފުރިހަމަކުރާށެވެ! އީމާންކަން ފުރިހަމަކުރާށެވެ! އީމާންކަން ފުރިހަމަކުރާށެވެ!" 3 ފަހަރު ރަސޫލް ﷺ ތަކުރާރުކުރެއްވެވުމުން އީމާންކަން ފުރިހަމަކުރަން ކުރަންވީ ކޮންކަމެއްތޯ ޞަޙާބީން ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ އަވަށްޓެރިންގެ ޙައްޤުތައް އަދާކުރާށެވެ! 

ނިކަން ބުނެބަލާށެވެ! ސިގިރެޓް ބުއިމަކީ ތިބާއަށް ވަރަށް އާދައިގެ ކަމެކެވެ. އެކަމުން ތިބާއަށް އެއްވެސް އުނދަގުލެއް ނުވެއެވެ. އަދި ތިބާގެ ސިކުނޑިއަށް ވިސްނެނީ އެއީ ހިތްހަމަޖެހުންވެސް ލިބޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ތިބާގެ އަވަށްޓެރިޔާއަށް އެކަމުން އުނދަގޫވާނަމަ ތިބާގެ އީމާންކަން ކޮބައިހެއްޔެވެ؟ 

މިހިރީ ވިސްނައިލަން ޖެހޭ ކަންކަމެވެ. ރޯދަހިފަން ފެށުމުގެ ކުރިން ކޮންމެ ގޮތަކުން ނަމަވެސް އަވަށްޓެރިންގެ ޙައްޤުތައް އަދާކުރާށެވެ! އަވަށްޓެރިޔާއަށް އުނދަގޫކުރީމާ ދާނެ ކޯޓެއް ލިބޭނެ އަދަބެއް މިއަދު ނެތިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެއެވެ. އަވަށްޓެރިޔާއަށް ކުރި އުނދަގޫތައް ކޮނޑުޖަހައިގެން އޭނާ އަންނާނެއެވެ. ޝަރީޢަތް ކުރެވޭނެއެވެ. 

ދުނިޔޭގައި އެކަން ކުރުމުން ކުށްވެރިވާ މާއްދާއެއް ޤާނޫނުގައި ނެތްނަމަވެސް އިސްލާމް ދީނުގައި އެބައޮތެވެ. އެއީ އަވަށްޓެރިޔާއަށް އުނދަގޫކުރުން، އޭނާގެ އަތުގެ ނުބައިކަމުން މުސްލިމް އަޚާ ސަލާމަތްވެގެން ނުވުން، އަނެކާއަށް ތިމާ އާއި ހުރެ ބުރަ އުފުލަންޖެހުން ފަދަ އެތައް ބައިވަރު މާއްދާތައް ހާމައަށް ފެންނަން އެބަހުއްޓެވެ. ވީމާ ރަމަޟާން މަހު ރޯދަ ހިފަން ފެށުމުގެ ކުރިން މިކަންކަން އިޞްލާޙްކޮށް ފުރިހަމަ ގޮތުގައި އީމާންވެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގަންނަމާތޯއެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން