ދުލުން ކިޔަންޖެހޭ ޛިކުރުތައް ހިތުންކިޔުމަކުން ނުފުދޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ދުލުން ކިޔަންޖެހޭ ޛިކުރުތައް ހިތުންކިޔުމަކުން ނުފުދޭނެ!

ޤުރްއާން ކިޔެވުމާއި، ތަސްބީޙާއި، ތަޙްމީދާއި، ތަހްލީލާއި،([2]) ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނިދުމާއި ފާޚާނާއަށްވަންނަ ޛިކުރުތައްފަދަ ޛިކުރުތަކަކީ ދުލުން ކިޔުމަށް އައިސްފައިވާ ޛިކުރުތަކެވެ. މިފަދަ ޛިކުރުތަކުގައި ދޫ ޙަރަކާތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. މިފަދަ ޛިކުރުތައް ކުރުމުން ލިބޭނެކަމަށް އައިސްފައިވާ ޘަވާބު ޙާޞިލުކުރެވޭނީ ދުލުން ކިޔައިގެންނެވެ. 

މިފަދަ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމުން، ފިކުރުކުރުމާއި ތަދައްބުރުކުރުމުން ޘަވާބު ލިބުނުނަމަވެސް ދުލުންކިޔުމުން ލިބޭ ޚާއްޞަވެގެންވާ ޘަވާބެއް ޙާޞިލެއްނުކުރެވޭނެއެވެ. 

އަދި ނަމާދުގެ ޛިކުރުތައް މީހެއްގެ ހިތުން އެ ޛިކުރުތައް ކިޔައިފިނަމަ އޭނާގެ ކިބައިން އެކަމެއް ޤަބޫލެއްނުކުރެވޭނެއެވެ. އެހެންކަމުން ދުލާއި، ދެ ތުންފަތް ޙަރަކާތްކުރަންޖެހޭނެއެވެ. އެހެނީ، އެ ޛިކުރުތަކަކީ ކިޔަންޖެހޭ ބަސްތަކެކެވެ. ދުލާއި ދެ ތުންފަތް ޙަރަކާތްކޮށްގެން މެނުވީ ކިޔަންޖެހޭ ބަސްތަކެއް ނުކިޔޭނެއެވެ. 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން