ނަމާދާގުޅޭ 3 ސުވާލަކަށް ޑރ. އިޔާޟްގެ ޖަވާބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނަމާދާގުޅޭ 3 ސުވާލަކަށް ޑރ. އިޔާޟްގެ ޖަވާބު-

ސ. ސޫރަތުލް މާޢޫންގެ ފަސްވަނަ އާޔަތް މިއާޔަތް ތަފްސީލްކޮށް ދެއްވަފާނުތޯ؟

ޖ. އެއީ ނަމާދަށް ފަރުވާކުޑަ ކުރާ މީހުން މާނައަކީ ނަމާދު ވަޤުތު ފާއިތުވެގެން ދާއިރުވެސްއެމީހުން މަސައްކަތްތަކުގައި ނޫނީ އެހެން ކަމެއްގައި އެ ނަމާދަށް ރައްކާތެރިނުވެ ހުރުން ނުވަތަ ނަމާދަށް އައިކަމުގައި ވީނަމަވެސް ނަމާދުގެ ބިރުވެތިކަމެއް ނެތި ނަމާދުން ބޭރުގެ ޚިޔާލުތަކުގެ ތެރެއަށް ވަދެގެން ހުރުން އެކަހަލަ ކަންތައްތަކަށް އެއީ " الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ" ނަމާދުގައި ފަރުވާކުޑަ މީހުން.

ސ. ހަތަރު ރަކްޢަތުގެ ނަމާދެއްގައި ހަނދާންނެތިގެން ފުރަތަމަ އައްތަޙިއްޔާތުގައި ނީންދެ ތިންވަނަ ރަކްޢަތަށް ތެދުވެވުނީމައި ހަދާނީ ކިހިނެއްތޯ؟

ޖ. އާދެ! މިޙާލަތުގައި އިތުރަކަށް މެދު އައްތަޙިއްޔާތު ކިޔާކަށް ނުޖެހޭނެ އޭގެ ބަދަލުގައި ހަތަރުވަނަ ރަކްޢަތް ކޮށްފައި ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީ. 

ސ. ނަމާދު ނުކޮށް ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ ؟

ޖ. އާދެ! ކުރާ މަސައްކަތް ރަނގަޅުކަމަށް ވަނީނަމަ އެ އާމްދަނީ ޙަލާލުވާނެ. ދެން ނަމާދު ނުކޮށް އެކަމުގެ ތެރޭގައި އުޅުން އެއީ ވަކި ކުށެއް. އެއީ އެއްގޮތަކަށްވެސް އާމްދަނީ އާ ގުޅުންހުރި ކަމެއް ނޫން. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން