އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ފަރުޞު 5 ނަމާދުކޮށްލައި ރަމަޟާން މަހު ރޯދަ ހިފޭނަމަ ޤަބޫލުކުރެވުނީ އެއޮތީ ހުރިހާ އަޅުކަމެއް ފުރިހަމަކުރެވިފައި ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ކުށް ހީއެކެވެ.
ފުރިހަމައަށް އީމާން ވެވިއްޖެނަމަ ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެންނެވެ. ކިތަންމެ ގިނަ އަޅުކަން ކުރެވުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ.
އަހަރެމެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުލު ކުރެއްވވިކަން މިދުނިޔޭގައި ހުއްޓައި އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެންމެ އަވަހަށްވެސް އެނގޭނީ މަރުވުމުންނެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަތުމުންނެވެ. އެހެންކަމަށްވާއިރު ފުދޭވަރަށް އަޅކަން ކުރެވިއްޖެ ކަމަސް ބަލައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟
މީސްތކުންނޭވެ! އަޅުކަން ކުރުމަކީ ހަށިގަނޑުގައި ނޭވާ ހިނގާހައި ހިނދަކު ހުއްޓައިލެވެން އޮތް ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ގަދަ އަޅައި މަސައްކަތް ކުރަންވީ ވީހައިވެސް ގިނައިން އަޅުކަން ކުރެވޭތޯއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން ވަނީ އެއިރުންނެވެ. ނިކަން މިހަދީޘްފުޅަށް ވިސްނައިލަބަލާށެވެ!
Prophet Muhammad (ﷺ) said,
"A believer never satisfies doing good until he reaches Jannah."
At- Tirmidhi, Book 13, Hadith 1386
--އިސްލާމީ ތިލަފަތުގެ ދަރުސަކުން