ސުވާލު:. ސަހަރާއަށް ގޮސް މައިން ބަފައިންގެ މަހާނަ ކައިރީގައި ހުރެ ދެއަތް އުފުލާ ދުޢާ ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:. رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިއާދޭ "ތިމަންކަލޭގެފާނު މީގެ ކުރިން ތިޔަބައިމީހުނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން މަނާކުރެއްވީމެވެ. އެހެންނަމަވެސް މިހާރު ހުއްދަ ދެއްވަމޭ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށް. އެއީ މަރު ހަނދާންވާނެ ކަމެކޭ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ."
އެހެންވީމާ، މަރުވެފައިތިބޭ މައްޔިތުންނަށްހެޔޮ ދުޢާ ކޮށް ދިނުމަކީ އެއީ ހަމަ އެންމެ ރަނގަޅު ކަމެއް ކުރުން، އެންމެ ރަނގަޅު ކަމެއް. ދެން ކޮންމެހެން މީގައި އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭނެ ކަމަކީ ޤަބުރުކައިރިއަށް ގޮއްސަ އެކަންޏެއްނޫން ދުޢާ ކޮށްދެވޭނީ. ކޮންމެ ތަނެއްގައި ހަމަ ކޮންމެ ހިސާބެއްގައި ތިބެގެންވެސް މައްޔިތާއަށްޓަކައި އިޚްލާޞްތެރިކަމާއެކުގައި ކުރާ ދުޢާގެ މަންފާ އިރާދުކުރެއްވިއްޔާ ﷲ ގެ ރަޙްމަތާއެކު މައްޔިތާއަށް ފޯރާނެ إنشاء الله .
ދެން ޢާއްމު ގޮތެއްގައި އާދަވެގެން ކުރާކަމަކަށް އެއީ މައްޔިތާއަށް ދުޢާ ކޮށްދޭންވީމައި ހަމަ ޤަބުރުކައިރިއަށް ގޮސް އެތާހުރެގެން ދުޢާކުރުން އެއީ ޢާއްމުކޮށް ކުރާ ކަމެއްކަމުގައި ހަދައިގެން ނުވާނެ. ދޭތެރެއަކުން އެހެން ޤަބުރުކައިރިއަށް ޒިޔާރަތް ކޮށްލާ ފަހަރެއްގައި ދުޢާ ކޮށްލިއަސް އެއީ މައްސަލައެއްނޫން.
- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް