ފަރުޟު ޒަކާތް ދައްކާތޯ ބަލާ ފަރާތެއް ނެތެވެ! ޓެކްސް ނުދައްކައިފިނަމަ ފިޔަވަޅުއަޅައެވެ! މިއީ ހަމަ ރަނގަޅުގޮތްތޯއެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފަރުޟު ޒަކާތް ދައްކާތޯ ބަލާ ފަރާތެއް ނެތެވެ! ޓެކްސް ނުދައްކައިފިނަމަ ފިޔަވަޅުއަޅައެވެ! މިއީ ހަމަ ރަނގަޅުގޮތްތޯއެވެ؟

ﷲ މީސްތަކުންގެ މައްޗަށް ފަރުޟުކުރައްވަވާފައިވާ ފަރުޟު ޒަކާތް ދައްކާތޯ ބަލާ ފަރާތެއް ނެތެވެ! ނަމަވެސް ޤާނޫނުގައި ބަޔާންކުރާ ޓެކްސް ނުދައްކައިފިނަމަ ފިޔަވަޅުއަޅައެވެ! މިއީ ހަމަ ރަނގަޅުގޮތްތޯއެވެ؟

ކިޔުންތެރިޔާގެ ކަންބޮޑުވުމަށް ތިރީގައިވާ ލިޔުމުން ޖަވާބެއް ލިބިވަދައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

އިސްލާމް ކަމުގެ 3 ވަނަ ރުކުން ކަމުގައިވާ މުދަލު ޒަކާތް ނެގުމުގެ ރަނގަޅު ނިޒާމެއް ޤާއިމުނުކޮށް ޓެކްސްތައް އިތުރުކުރާތީ ޑރ. މަޢްރޫފް ޙުސައިން ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

"ކުއްޔަށް ވިހި ފަންސަވީސް ހާސް ދައްކާފައި، ބިލް ތަކަށާއި ، އަނބި ދަރިންގެ ކެއިން ބުއިމަށާއި، ދަރިންގެ ކިޔެވުމަށާއި ބޭސް ފަރުވާޔަށް ޚަރަދު ކުރަން ބާކީ އޮންނަ ފައިސާކޮޅުން - ޒަކާތުގެ ރަގަޅު ނިޒާމެއް ގާއިމް ނުކޮށް - ޓެކްސް ނެގުމަކީ ފޭރުމުގެ ޢަމަލެއް ކަމުގައި ނޫނީ ވާނެ ހެއްޔެވެ؟" –ޑރ. މަޢްރޫފް ޙުސައިން

ޑރ. މަޢްރޫފް މިމޭރުމުން ވިދާޅުވެފައިވާއިރު މުދަލު ޒަކާތް ވާޖިބުވާ މީހުންގެ އަތުން ޒަކާތް ނެގުމަކީ ދައުލަތުގެ މައްޗަށް މާތްﷲ ވާޖިބު ކުރައްވަވާފައިވާ ކަމެކެވެ. އެއީ އިޚްތިޔާރީ ކަމެއް ނޫނެވެ.

މުދަލު ޒަކާތް ނަގަން ސަރުކާރު ފޭލްވެފައިވާއިރުވެސް އަހަރަކު 70 މިލިއަނާއި 80 މިލިއަނާއި ދެމެދުން ދަނީ ޒަކާތް ދައްކަމުންނެވެ. ރަނގަޅު ނިޒާމެއް ޤާއިމުކޮށްފިނަމަ އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިގެންދާނެއެވެ. އެއީ އިންކަމް ޓެކްސް އިން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދުގެ 2 ގުނަ އިތުރު އަދަދެކެވެ.

މުދަލު ޒަކާތް ފުރިހަމަ ގޮތުގައި ނެގުމަކީ ޒަކާތް ނުދައްކާ މީހުން، ފާފަވެރިވުމުން ސަލާމަތްކުރުމަށްވެސް ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. އަދި މާތް ﷲ ގެ ޙައްޤުތައް އަދާކުރުމަށް ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

 

މިއަދު އޮންލައިން