މިއަހަރު ސުންނަތް ރޯދަތައް ނުހިފުނު މީހުންނަށް މުފްތީ މެންކުގެ ޚާއްޞަ ނަޞޭޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިއަހަރު ސުންނަތް ރޯދަތައް ނުހިފުނު މީހުންނަށް މުފްތީ މެންކުގެ ޚާއްޞަ ނަޞޭޙަތެއް!

ސުންނަތް ރޯދަތައް ކުރިހިފަމުން އައިސްފައި ނުވާ މީހުންނަށް މިއަހަށް މިހާރު މިވަނީ އެކަމުގެ ފުރުޞަތު ގެއްލިފައެވެ. އެހެންކަމުން ބުނެލަން ބޭނުންވަނީ މިހާރުންސުރެ އަންނަ އަހަރު (މިއަހަރުގެ ރަމަޟާން މަސް ނިމުމުން) ސުންނަތް ރޯދަތައް ހިފަން މިހާރުން ފެށިގެން ތައްޔާރުވާން ފަށާށެވެ! އެކަމަސް މިހާރުންސުރެ ނިޔަތްގަންނާށެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މަހެއްގެ 13،14،15 މި 3 ދުވަހުގައާއި ހޯމަދުވަހާއި  ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފަން ނިކަން ފަށައިބަލާށެވެ! ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް ފެންނަން ފަށާނެއެވެ! އިން ޝާ ﷲ  

ރަނގަޅަށް ދިރާސާކުރާށެވެ! ސުންނަތް ރޯދަހިފުން ގިނަކުރުމަށްވުރެ ފައިދާހުރި ސުންނަތް އަޅުކަމެއް ނުވެއެވެ. ހިފާ ކޮންމެ ރޯދައަކަށް އިމެއް ނެތި ޘވާބު ދެއްވަވައެވެ. ހިފާރޯދަތަކަށް ޘވާބު ދެއްވަވާނެވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

އެއިގެ އިތުރުން ހިފާ ކޮންމެ ރޯދައެއް އެމީހާ އާއި ނަރަކަ 70 އަހަރުގެ ރާސްތާއަށް ދުރުކޮށްދެއެވެ. ސުންނަތް ރޯދަތައް މިބުނި މަގުން ހިފާނަމަ ކޮންމެ މަހަކަށް އެމީހަކާއި ނަރަކަ ދުރުކުރައްވަވާނެވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!  

އުންމީދަކީ މި ކުރުކުރު ނަޞޭޙަތްކޮޅު އަޑުއެހިމީހުން މިބުނި މަގުން ޢަމަލުކުރަން ފެށުމެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން