ކިތަންމެ ތަނަވަސްވެފައި ބާރާ ނުފޫޒު ގަދަނަމަވެސް ޚުލްޤް ނުބައި މީހަކާ ކައިވެނި ނުކުރާށެވެ! ނުކުރާނެ ނުބައި ކަމެއް، ނުދޭނެ އަނިޔާއެއް ނޯންނާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކިތަންމެ ތަނަވަސްވެފައި ބާރާ ނުފޫޒު ގަދަނަމަވެސް ޚުލްޤް ނުބައި މީހަކާ ކައިވެނި ނުކުރާށެވެ! ނުކުރާނެ ނުބައި ކަމެއް، ނުދޭނެ އަނިޔާއެއް ނޯންނާނެއެވެ!

ކިތަންމެ ތަނަވަސްވެފައި، ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް އަދި ބާރާއި ނުފޫޒު ކިތަންމެ ގަދަ ނަމަވެސް ޚުލްޤް ނުބައި މީހަކާއި ކައިވެނި ނުކުރާށެވެ! އެއީ އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް މެއެވެ. އެމީހާ ނުކުރާނެ ނުބައި ކަމެއް، ނުދޭނެ އަނިޔާއެއް ނޯންނާނެއެވެ! ތެދުވެރިކަން ނުވެސް ދަންނާނެއެވެ! އިޚްލާޞްތެރިކަމަކީ އެމީހުންގެ ބަސްފޮތުގައި އޮންނަވެސް ބަހެއް ނޫނެވެ.

ކައިވެނި ކުރާއިރު ޚުލްޤް ރަނގަޅު ތަޤްވާވެރިންނާއި ކުރަން ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވީ އެ ސަބަބުތަކަށްޓަކައެވެ. ރިވެތި ޚުލްޤް ނެތި ތަޤްވާވެރިވެސް ނުވެވޭނެތީއެވެ! ކައިވެންޏަށްފަހު ދިރިއުޅުން އާރާސްތުކުރަން ބޭނުންވާ އެއްވެސް ރަނގަޅު ސިފައެއް ޚުލްޤް ނުބައި މީހެއްގެ ކިބައަކު ނުހުންނާނެތީއެވެ.

ކައިވެނީގެ ޚުޠުބާތަކުގައި އެންމެ ބޮޑަށް ބާރުއަޅަނީ ތެދުވެރިވުމަށާއި އޯގާތެރިވުމަށެވެ. އެކަކު އަނެކަކަށް އެހީތެރިވެ ރަޙްމް ކުރުމަށެވެ. ވަފާތެރިކަމާއި އިޚްލާޞްތެރި ކަމަށެވެ. ރިވެތި ޚުލްޤް ލިބިފައި ނުވާނަމަ މިއިން އެއްވެސް މަޤްޞަދެއް ޙާޞިލެއް ނުކުރެވޭނެއެވެ.

ވީމާ ބޭރުފުށަށް ބަލައިގެން ކައިވެނިކޮށްފައި އަނިޔާ އާއި ނިކަމެތިކަން ލިބެން ފެށުމުން ޝަކުވާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އަދިވެސް ވަރަށް ގިނަ މީހުން ކައިވެނިކުރަނީ ބޭރުފުށަށް ބަލައިގެންނެވެ. ފައިސާގެ ތަނަވަސްކަމާއި ޢިއްޒަތަށް ބަލައިގެންނެވެ. ނަސަބާއި ހަސަބަށް ބަލައިގެންނެވެ. ޚުލްޤަށް ބަލަނީ މަދު މީހެކެވެ.

މިއިން އެއްވެސް ކަމަކީ އުފާވެރި ކައިވެންޏަކަށް އެއްވެސް ވަރަކަށް މުހިންމު ކަމެއް ނޫނެވެ. މިފަދަ ހުރިހާ ކަންކަމަށްވުރެ ރިވެތި ޚުލްޤްގެ މުހިންމުކަން މާބޮޑެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން