"ރަމަޟާން މަހުގެ ބަރަކާތާ ޙުރުމަތް ކެނޑޭފަދަ ޕްރޮގްރާމްތައް ނުފޮނުވުމަށް ޑރ. މމުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެދި އެދިވަޑައިގެންފިއެވެ. އަދި އެކަމަށް ކުރެއްވި ޓްވީޓް ވަނީ ޕީއެސްއެމަށް ޓެގްކުރައްވައިފައެވެ.
"ރަމަޟާންމަހަކީ ގިނަގިނައިން ޤުރްއާން ކިޔަވާ ހެޔޮޢަމަލު ގިނަކުރަންޖެހޭ މައްސަރެއް. އެއީ އެހާރާއި މިހާރުގެ ލަވަތަކާއި މުންކަރާތްތައް ފަތުރަން އޮތް ދުވަސްތަކެއް ނޫން." ކަމަށްވެސް ޑޜ. އިޔާޟް ވިދާޅުވެފައިވެއެވެ.
އެތަނެއްގައި ނެތް ބިދުޢައެއް އުފައްދައި ފެތުރި ފަރާތަކަށް ، މީހަކަށް އެކަން ފަހުން ކުރާ ބައަކު ކުރާ ކަންކަމުން ޢަޛާބު ދެއްވަވާނެ ކަމަށް އޮތް ބަސްފުޅަށް ބުރަވެ ދަންނަވަން ޖެހެނީ މިނުބައި އާދަ ދިވެހިންގެ ތެރޭގައި ފެތުރުވީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކު އެމަނިކުފާނު ކަންކަމަށް އިސްކުރެއްވެވި ވެރިން ކަމަށެވެ.
ދަންވަރުވާވަރަކަށް އަގުބޮޑު އިނާމުތައް ލިބޭ ޕްރޮގްރާމްތައް ފޮނުވައި ވާދެމުމާއި އެހެން ވެސް މުބާރާތްތައް ބޭއްވުމަކީ އެހައިތަނަށް ރާއްޖޭގައި އޮތް ޘަޤާފަތެއްވެސް ނޫނެވެ. ޓީވީއެމް މެދުވެރިކޮށް ރައްޔިތުން އިސްލާމްދީނާއި ބީރައްޓެހިކުރުވަން ހިންގި އެންމެ ބޮޑު އެއް ޖަރީމާއެވެ.
އެއިގެފަހުން ޕީއެސްއެމުން ފޮނުވާ ޕްރޮގްރާމްތައް ފޮނުވުމުގައި އިސްލާމް ދީން ދެކެ ލޯބިވާ މީހުން ކަންބޮޑުވާންޖެހޭ މައްސަލަތައް އަބަދުވެސް ދަނީ ފާގަހަގަކުރެވެމުންނެވެ.
ރަމަޟާންމަހަކީ ގިނަގިނައިން ޤުރްއާން ކިޔަވާ ހެޔޮޢަމަލު ގިނަކުރަންޖެހޭ މައްސަރެއް. އެއީ އެހާރާއި މިހާރުގެ ލަވަތަކާއި މުންކަރާތްތައް ފަތުރަން އޮތް ދުވަސްތަކެއް ނޫން. @psmnewsmv
— Dr.Mohamed Iyaz (@dr_iyaz) March 24, 2022