ސުވާލު:. މިހާރަކަށް އައިސް އެބަފެނޭ އިމާމު މީހާއަށްވުރެން ކުރިން އަދި އިމާމު މީހާއާއެކު މައުމޫމު މީހާ އެއްރުކުނުން އަނެއް ރުކުނަށް ނަކަލްކުރާތަން. މިއީ ދީނީގޮތުން ބަލާއިރު ކިހާވަރެއްގެ ކަމެއްތޯ؟
ޖަވާބު:. އާދެ! رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ޙަދީޘް ކުރައްވާފައިވަނީ އިމާމު މީހާ ލެވިފައިވަނީ އޭނާއަށް ތަބަޢަވުމަށޭ މާނައަކީ އޭނާ ފޮލޯ ކުރާށޭ އޭނާ ލެވިފައިވަނީ، އެހެންވީމާ އިމާމު މީހާ ރުކުޢަށް ދިޔައިމާ އޭގެ ފަހުން މަޢުމޫމުން ރުކުޢުއަށް ދާންވާނީ، އިމާމު މީހާމީހާ ރުކުޢުން ތެދުވީމާ، އޭގެ ފަހުންމައުމޫމުން ރުކުޢުން ތެދުވަންވާނީ. މާނައަކީ އިމާމާއަށްވުރެ ކުރިން އެއްވެސް ޙަރަކާތެއް ކޮށްގެނެއް ނުވާނެ އިމާމުމީހާގެ ފަހަތުންނޭ ކުރާކަމެއް ކުރަންވާނީ.
- ޖަވާބުދެއްވީ: ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް