އަހަރެމެންގެ ތެރެއިން ގިނަބައަކަށް ޢަމަލުކުރެވެނީ އިބިލީސް ޢަމަލުކުރި ގޮތަށެވެ! ލަޢްނަތް ލައްވަވައިފިނަމަ ޙާލަކީ ކޮބައިހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަހަރެމެންގެ ތެރެއިން ގިނަބައަކަށް ޢަމަލުކުރެވެނީ އިބިލީސް ޢަމަލުކުރި ގޮތަށެވެ! ލަޢްނަތް ލައްވަވައިފިނަމަ ޙާލަކީ ކޮބައިހެއްޔެވެ؟

އާދާމްގެފާނު އުފައްދަވައި ﷲ ތަޢާލާ ހުރިހާ މަލާއިތުންނަށް އާދަމްގެފާނަށް ސަޖިދަކުރައްވަން ވަޙީކުރެއްވެވި ބަސްފުޅަކީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ބަސްފުޅެކެވެ. އަދި އިބިލީހަށް އެހާބޮޑަށް ލައްނަތް ލެއްވެވި ސަބަބާއިމެދުގައިވެސް ވިސްނާލަން އެބަޖެހެއެވެ. 

ބައެއް ޢިޮލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިބިލީސް ދެކޮޅު ހެދީ އާދަމްގެފާނަށް ސަޖިދަކުރަން ނަމަވެސް ޙަޤީޤަތަކީ އިބިލީސް ދެކޮޅުހެދީ ﷲ ތަޢާލާ ކުރެއްވެވި އަމުރުފުޅަކަށެވެ. އަދި ދެކޮޅު ހެދުމަސްފަހު ތައުބާވެސް ނުވީއެވެ. ލަޢްމަތް ލެއްވެވީ އެ ސަބަބަށްޓަކައެވެ. 

މިއަދު އަހަރެމެން މިކުރަނީ ކޮން ކަމެއްހެއްޔެވެ؟ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފައުޅުގައި ދެކޮޅުހަދަނީ ނޫންހެއްޔެވެ؟ އަދި ކުށްކުރުމަށްފަހު ތައުބާވެސް ނުވަނީ ނޫންހެއްޔެވެ؟ މިދެވެނީ ހަަމ އިބިލީސްދިއަ މަގުން ނޫންހެއްޔެވެ؟  

މިފަދަ ކަންކަމަށް އަހުރެމެން ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވުމަކީ ކުޑަކުޑަކަމެއް ކަމަށް ނުދެކޭށެވެ! އަދި އިންސާނުން ކަމަށްވުމުން ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެނުގަނެ ތިބެން ހެޔޮނުވާނެއެވެ. އެއްވެސް މީހެއްގެ މައްޗަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައިފިނަމަ އެމީހާގެ ޙާލާއިމެދު ވިސްނާށެވެ! ބިރުވެތިވާށެވެ! 

އިބިލީސް އާދަމްގެފާނަށް ސަޖިދަނުކުރީ ހިތުގައި އުފެދުނު ހަސަދަވެރިކަން ބޮޑުކަމުންނެވެ. އަހަރެމެން ﷲ ތަޢަލާގެ އަމުރުފުޅުތަކަށް އަމަލުނުކުރަނީ ކޮން ޙަސަދަވެރިކަމެއް ކޮން ފަރާތަކަށް އޮވެގެންހެއްޔެވެ؟ ހަމަ ޖާހިލުކަން ބޮޑުކަމުން ނޫނެ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން