ސުވާލު:. ބައެއްމީހުން ސުންނަތާ އެއްގޮތަށް ތުނބުޅި ބަހައްޓާފައި ތިބޭ މީހުނަށް ވައްހާބީއޭ ކިޔާ މަލާމާތްކޮށް ފުރައްސާރަކުރާތަން އެބަފެނޭ، މިއީ رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ފުރައްސާރަ ކުރުން ކަމަށް ބެލެވިދާނެތޯ؟
ޖަވާބު:. އާދެ! އިސްލާމްދީނުގެ ކަމަކަށް މީހަކު ޙުރުމަތްތެރިކޮށްހިތާ ހިނދުގައި އެކަމަށް އެކަންތައްކުރާ މީހުނަށް ނުވަތަ އެކަންތަކަށް ފުރައްސާރަ ކުރުމަކީ އެއީ އިސްލާމުން ނަށް رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އަށް ފުރައްސާރަ ކުރުން ކަމަށް ވެގެންދާނެ،
ސަބަބީ އެއީ އެމީހަކު އެކަންތައް އެކުރަނީ އެއީ މިދެންނެވި ތުނބުޅި ދިގުކޮށްފައި ހުންނަމީހަކު ތުނބުޅި ދިގުކޮށްފައި ހުންނަނީ ނުވަތަ ފައިކުރި ކުރުކޮށްފައި ހުންނަނީ އެއީ رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އެކަމަށް އިރުޝާދު ދެއްވާފައިވާތީ ނުވަތަ އެކަލޭގެފާނު އެކަމަށް އަމުރު ކުރައްވާފައިވާތީ އެ އަމުރުފުޅަށް ކިޔަމަންތެރި ވުމުގެ ގޮތުން އެމީހަކު އެގޮތަށް ކަންތައްކުރަނީ އެހެންވީމާ އެގޮތަށް ކަންތައް ކުރަމުން ދާއިރުގައި އެމީހާއަށް އެކަންކުރަން ހުރަސް އެޅޭފަދަ ގޮތަކަށް އޭނާއަށްމަލާމާތްކޮށް ފުރައްސާރަކޮށް ކަންތައް ކުރާކަމަށް ވަނީވިއްޔާ އޭގެ މާނައަކީ އެކަން ކުރާމީހަކު މާނައަކީ ފުރައްސާރަ ކުރާމީހަކު އެ ފުރައްސާރަ ކުރަނީ ޙަޤީޤަތުގައި ތުނބުޅި ދިގުކޮށްފައިހުރި ނުވަތަ ފައިކުރި ކުރުކޮށްފައިހުރި މީހާއަކަށް ނޫނޭ، އޭނާއަށް ޙަޤީޤަތުގައި ފުރައްސާރަ އެކުރެވެނީ رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ އަށޭ.
- ޖަވާބުދެއްވީ: ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(މިމޭރުމުން ކޮށްފައިހުންނަ ސުވާލުގެ ޖަވާބު މީގެކުރިންވެސް ގެނެސްދެވިފައިވާނެއެވެ. ތަކުރާރުކޮށްވެސް ގެނެސްދެނީ މިކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ނޭނގޭ މީހުން ގިނަކަމުންނެވެ.)