ކުޑަކުދިން ނިދާގަޑީގަ ޤުރްއާން ޖެހުމަކީ ވަރަށް ރަނގަޅު، ފައިދާހުރިކަމެއް! އެކަމުން ހިތުދަސްކުރާ ކުދިންނަށްވެސް ފައިދާކުރޭ!: ޑޜ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކުޑަކުދިން ނިދާގަޑީގަ ޤުރްއާން ޖެހުމަކީ ވަރަށް ރަނގަޅު، ފައިދާހުރިކަމެއް! އެކަމުން ހިތުދަސްކުރާ ކުދިންނަށްވެސް ފައިދާކުރޭ!: ޑޜ. އިޔާޟް

ސުވާލު:. ރޭގަނޑު ނިދާގަޑީގައި ޤުރުއާން ޖަހައިގެން ނިދުމަކީ ކޮންކަހަލަ ކަމެއްތޯ؟ މިހެން މިދެންނެވީ ނިދުމަށްފަހު އަޑު ނީވޭނެތީ.! 

ޖަވާބު:. އާދެ! ނިދާގަޑީގައި ޤުރުއާން ޖެހުމަކީ ހަމަ ވަރަށް ރަނގަޅުކަމެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އިނގޭތޯ، އެއީ ބޭނުމަކީ އޭނާއަށް ނިދޭއިރުގައި ނިދެނީ ޤުރުއާން އަޑުއަހަމުން އަދި ނިދީގެ ތެރޭގައި އޭނާއަށް ހޭލެވުނުކަމުގައި ވީނަމަވެސް އޭނައަށް މިސާލަކަށް ދެބަދޭތެރެއަށްދިޔަ ކަމުގައި ވީނަމަވެސް ނުވަތަ ކުއްލިއަކަށް ކަމެއް ދިމާވެގެން ހޭލެވުނުކަމުގައި ވީނަމަވެސް އޭނާއަށް އެހޭލެވޭ ގަޑީގައިވެސް އަޑުއިވޭނީ ޤުރުއާނުގެ އަޑު.

އަދި އޭނާ ނިދިން ތެދުވާގަޑީގައިވެސް އޭނާއަށް އަޑު އިވޭނީ ޤުރުއާނުގެ އަޑު. އެހެންވީމާ  މިކަމުގެ ސަބަބުން ޚާއްޞަގޮތެއްގައި ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށްލޯބި ޖެހޭފަދަ  ކަމެއްކަމެއްގެ ގޮތުގައި އަޅުގަނޑަށް އެކަން ފާހަގަކުރެވެނީ.  

އަދި ޚާއްޞަގޮތެއްގައި ކުޑަކުދިން ތުއްތުއިރުގައި ޤުރުއާން ހިތުދަސްކޮށްދޭން ބޭނުންކަމަށް ވަނީނަމަ ހަމަ ވަރަށް ރަނގަޅު ފިޔަވަޅެއްކަމުގައި އަޅުގަނޑަށް ފެނޭ އެކުދިން ނިންދަވާގަޑީގައި ޤުރުއާން ޖަހާފައި ބެހެއްޓުން. ޚާއްޞަކޮށް އެކުދިން ކިޔަވަމުން ގެންދާ ހިސާބު ޖަހާފައި ހުރީމައި ގިނަގިނައިން އަޑުއިވުނީމާ އެއީ އެކުދިންނަށް އެފިލާވަޅު ދަސްކުރަން ފަސޭހަވާކަމެއްގެ ގޮތުގައި އަޅުގަނޑަށް ތަޖްރިބާކުރެވިފައިވަނީ. والله أعلم.

ޖަވާބުދެއްވީ: ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

މިއަދު އޮންލައިން