ސުވާލު:. ވުޟޫކޮށްގެން އެކަމަކު ވުޟޫދުޢާ ހަނދާންނެތިގެން ނުކިޔާނަމާދުކުރެވިއްޖެނަމަ ނަމާދު ޞައްޙަވާނެތޯ؟
ޖަވާބު:. އާދެ! ވުޟޫގެ ކޮންމެހެން ޝަރުޡެއް ނޫން އެއީކީ ވުޟޫ ދުޢާކުރުން. ވުޟޫދުޢާ ކިއުން އެއީކީއެއް. އެހެންނަމަވެސް ވުޟޫކޮށްނިމިގެން ވުޟޫދުޢާކޮށް ކިއުމަކީ އެއީ ވަރަށްބޮޑަށް އެދެވިގެންވާކަމެއް. ވަރަށް ބޮޑަށް އެކަމުގެ ހެވާ ދަރުމައާ ސަވާބުހުރިކަމެއް އެހެންނަމަވެސް މިސާލަކަށް މީހަކު ވުޟޫދުޢާ ނުކީ ނުވަތަ ހަނދާންނެތިގެން ނުކިއުނީ އެހެންވިކަމުގައި ވީނަމަވެސް އެއީކީ އޭނާގެ ވުޟޫ ޞައްޙަ ނުވާންވީ ސަބަބެއް ނޫން. ވުޟޫ ޞައްޙަވަނެ. އެދި އެވުޟޫގެ މައްޗަށް ބިނާކޮށް އޭނާ ކުރާ ނަމާދުވެސް ޞައްޙަވާނެ. اِنشَاء الله އޭގެ ސަބަބަކުން ނަމަދަކަށް އެއްވެސް ކަހަލަ އަސަރެއްނުކުރާނެ އިރާދުކުރެއްވިއްޔާ.
- ޖަވާބުދެއްވީ: ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް