އެމްޑީޕީން ވާދަކުރި ދެ ގޮނޑިވެސް ގެއްލި ބައިއިލެކްޝަން ބޭއްވި 3 ގޮނޑިވެސް އިދިކޮޅަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
އެމްޑީޕީން ވާދަކުރި ދެ ގޮނޑިވެސް ގެއްލި ބައިއިލެކްޝަން ބޭއްވި 3 ގޮނޑިވެސް އިދިކޮޅަށް!

މިއަދު ކުރިއަށް ދިޔަ ބައި- އިލެކްޝަންތަކުން ސަރުކާރު ހިންގާ އެމްޑީޕީއަށް 3 ގޮނޑިވެސް ގެއްލިއްޖެއެވެ.

ޅ. ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށާއި، ދ. މީދޫ އަދި ފ. ނިލަންދޫން ކުރެ ކޮންމެ ރަށަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުވެފައި ނުވާއިރު އިދިކޮޅު ޕީޕީއެމް ދެ ގޮނޑި ކާމިޔާބުކޮށް، އެމްޑީއޭ އިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

ޅ. ކުރެންދޫ ކައުންސިލުގެ ރައީސްގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާޢީލް މަދީހު ވަނީ ކާމިޔާބު ހޯދާފައެވެ. މަދީހް ކާމިޔާބު ހޯދީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ނަސީރުއާއި ވާދަކޮށް ކުޑަތަފާތަކުންނެވެ. ނިލަންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ރަނިއްޔާ ނަސީރު ކާމިޔާބުކޮށްފައިވާއިރު، މީދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭގެ ކެނޑިޑޭޓް ހުދުނާ ޢަބްދުލްޢަޒީޒްއެވެ. 

 

މިއަދު އޮންލައިން