ދެމަފިރިންގެ މެދުގައިވެސް ގޭގައިވެސް މައްސަލަތައް ގިނަވާނަމަ ދޭން ސުންނަތުން ސާބިތުވާ އެންމެ ރަނގަޅު ފަރުވާ: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދެމަފިރިންގެ މެދުގައިވެސް ގޭގައިވެސް މައްސަލަތައް ގިނަވާނަމަ ދޭން ސުންނަތުން ސާބިތުވާ އެންމެ ރަނގަޅު ފަރުވާ: ޝައިޚް އަބޫބަކުރު ޒައުދު

އެއްދުވަހަކު މީހަކު އިމާމެއްގެ ގާތަށް ގޮސް ބުންޏެވެ. "އާއިލާގެ ތެރޭގައި އޮތީ ހުސް ފިތުނައެވެ. ދެމަފޮރޮންގެ މެދުގައި އޮތީ ހިތްހަމަ ނުޖެހުމެވެ. އާއިލާގައި އޮތީ އެކަކު އަނެކަކަށް ކުނި މޫނު ދެއްކުމެވެ." 

އިމާމް އޭނާއަށް ވިދާޅުވިއެވެ. "ގޭގައި ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ. ޚާއްޞަކޮށް ވިތުރި ގޭގައި ކުރާށެވެ! އެއީ ގެއަށް ހަމަޖެހުން އިތުރުވެ މައްސަލަތައް ޙައްލުވެ އުފާވެރިން ލިބެން އޮތްމަގެވެ. އެމަގުން ޢަމަލުކުރާށެވެ." 

އެއިގެ ދުވަސްކޮޅެއްފަހުން އެމީހާ އައިސް އިމާމާއި ބައްދަލުކޮށްފައި ބުންޏެވެ. "އިމާމްއެވެ! އިމާމް ބުނި ގޮތަށް ޢަމަލުކުރަން ފެށުމުން އިމާމް ބުނިފަދައިން ހުރިހާ މައްސަލަތަކެއް ޙައްލުވެއްޖެއެވެ. އުފާވެރިކަން ލިބިއްޖެއެވެ. 

މީސްތަކުންނޭވެ! ސައިކޮލޮޖިސްޓުންގެ ފަރުވާ ނުހޯދާކަށް ނުބުނާނަމެވެ. ނަމަވެސް އިސްކަން ދޭންވީ ހުރިހާ ކަންކަން އެންމެ މޮޅަށް އެނގިވަޑައިގެން ހުންނެވި ރަސޫލް ދެއްވެވި އިރުޝާދަށެވެ. ކޮންމެ ފަދަ މުޞީބާތެއް ކުރިމަތިވެވަދައިގެންނެވި ނަމަވެސް އަދި އުފާވެރިކަމެއް ލިބިވަދައިގެންނެވި ނަމަވެސް އެކަލޭގެފާނު އަވަސްވެވަޑައިގަންނަވަނީ ސުންނަތް ނަމާދެއް ކުރެއްވެވުމަށެވެ. 

ކޮންމެ ޙާލެއްގައި ނަމަވެސް ގޭގައި ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ. ޚައްޞަކޮށް ވިތުރި އާއި ދަމުނަމާދު ގޭގައި ކުރާށެވެ! ގޭގެ އަހުލުވެރިން ގޭގައި ސުންނަތް ނަމާދުކުރާ އަދި އަންހެނުން ގޭގައި ނަމާދުކުރާ ނަމަ އެގެއަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. މައްސަލަތައް ޙައްލުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން