ފަތިސްނަމާދުކޮށްގެން ޟުޙާ ވަގުތުޖެހެންދެން މިސްކިތުގަ މަޑުކޮށްގެން އިންދައި ފާޚާނާކުރަންޖެހިގެން ފައިބަންޖެހިއްޖެނަމަ ޘަވާބު ގެއްލޭނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފަތިސްނަމާދުކޮށްގެން ޟުޙާ ވަގުތުޖެހެންދެން މިސްކިތުގަ މަޑުކޮށްގެން އިންދައި ފާޚާނާކުރަންޖެހިގެން ފައިބަންޖެހިއްޖެނަމަ ޘަވާބު ގެއްލޭނެތޯ؟

ސުވާލު:. ފަތިސް ނަމާދުކޮށްގެން ނަމާދު ކުރިތާ އިރުއަރަންދެން އިސްރާޤް ނަމާދުކުރަން ބޭނުންވެގެން ހުންނަ މީހާ އެދެމެދުން ފާޚާނާއަށް ދާންޖެހިގެން ފާޚާނާއަށް ގޮއްސަ އައިއްސަ ނަމާދުކުރިއަސް އޭނާއަށް ޙައްޖާ ޢުމުރާ އެއްގެ ސަވާބުއުނިނުވެ ލިބޭނެތޯ؟  

ޖަވާބު:. އާދެ! رَسُوْلُ الله صَلّى الله عَلَىهِ وَسَلّمْ ގެ ޙަދީޘުން ސާބިތުވާކަމެއް އެއީ ފަތިސް ނަމާދުކޮށްގެން އޭނާ މިސްކިތުގައި ނުވަތަ ނަމާދުކުރި ތަނުގައި އޭނާ މަޑުކޮށްގެން ހުރެ އިރުއަރަންދެން މަޑުކޮށްގެން ހުރެ ނުވަތަ ضحىގެ ވަގުތު ޖެހެންދެން މަޑުކޮށްފައި ﷲ އަށް ޒިކުރުކުރުންމަތީގައި މަޑުކޮށްފައި ދެން ضحىގެ ވަގުތު ޖެހުނީމައި ضحى ނަމަދުގެ ދެ ރަކްޢަތް ނުވަތަ ޢިޝްރާޤް ނަމާދުގެ ދެރަކްޢަތް ކޮށްފިކަމަށް ވަނީނަމަ ޙައްޖަކާ ޢުމްރާއެއް ކުރުމުގެ ސަވާބު މާތް ﷲ އޭނާއަށް ދެއްވާނެ ކަމަށް، 

ދެން އެނާއަށް ފާޚާނާއަށް ދާންޖެހިގެން މިސްކިތުން ފައިބަންޖެހުނީމައި އެއީކީ ޙަޤީޤަތުގައި އެނާގެ އަމިއްލަ ބާރުގެ ދަށުގައި އޮތްކަމެއްނޫން. އޭނާއަށް ޢުޒުރެއް އެދިމާވީ. އޭނާގެ އެކަމުގެ ނިޔަތް އެބައޮތް އެހެންވީމާ ﷲ އިރާދުކުރެއްވިއްޔާ އޭނާއަށް ހަމަ ފާޚާނާކޮށްގެން އަލުން މިސްކިތަށް އެރިކަމުގައި ވީނަމަވެސް އޭނާގެ އެއިޢުތިކާފު ނުވަތަ އެ މަޑުކުރި މަޑުކުރުން އެއީ މެދުކެނޑޭނޭ ކެޑުމެއްކަމުގައި إنشاء الله ވެގެންނުދާނެ. އިރާދުކުރެއްވިއްޔާ އޭނާ ހަމަ އިޝްރާޤް ވަގުތު ޖެހުމުން ނުވަތަ ضحى ވަގުތު ޖެހުނީމައި ދެރަކްޢަތްކޮށްފިކަމަށް ވަނީނަމަ އޭނާއަށް ހަމަ އެޙަދީޘްގައި އެވާގޮތަށް ޙައްޖާ ޢުމްރާ ވުމުގެ ދަރުމައާއި ސަވާބު ލިބޭނެ إنشاء الله تعالى. 

- ޖަވާބުދެއްވީ: ޑރ، މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން