ކަމެއް ކޮށްދިނުމަށްފަހު އަނބި ދަރިންގެ ކިބައިންވެސް އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށްވެސް ނޭދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކަމެއް ކޮށްދިނުމަށްފަހު އަނބި ދަރިންގެ ކިބައިންވެސް އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށްވެސް ނޭދޭށެވެ!

ތިމާގެ ބެލިމުގެދަށުގައި ތިބި، ތިމާ ބަލަހައްޓަން ޖެހޭ، އަނބިދަރިންނަށް ނަމަވެސް އަދި އެއްވެސް މީހަކަށް ކަންކަން ކޮށްދިނުމަށްފަހުގައިވެސް އެންމެ ކުޑަމިނުން ޝުކުރުވެރިވުމަށް ވެސް ނުއެދޭށެވެ! އެކަން އެމީހަކަށް ދޫކޮށްލާށެވެ!

ކޮންމެ މީހަކަށް ކޮންމެ ކަމެއް ކޮށްދިން ނަމަވެސް ކޮށްދޭންވީ ﷲ ތަޢާލާގެ ވަޖުހަފުޅަށްޓަކައެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ސަވާބަށް އެދިގެންނެވެ. އެއީ ދުނިޔޭގެ އެންމެންގެ ތަޢްރީފާއި ޝުކުރަށްވުރެ މާ އަގު ބޮޑު އެއްޗެކެވެ. މާ ފައިދާކުރާނެ އެއްޗެކެވެ.

ކޮންމެ މީހަކަށް ނަމަވެސް އެހީތެރިވެ ކަންކަން ކޮށްދޭންވީ އެމީހަކަށްޓަކައެއް ނޫނެވެ. އެމީހެއްގެ ކިބައިން ލިބިދާނެ މަންފާއަކަށް ބަލައިގެނެއްވެސް ނޫނެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތައި އެހީތެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. "މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތަން" ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާތީއެވެ.

ހިތާމައަކީ ކަންކަން ކޮށްދިނުމަށްފަހު "ތިއައީ އެންމެ ކުޑަމިނުން ޝުކުރުވެރިވާނަ ވެސް ދަންނަ މީހެއް ނޫން" ކަމަށް ބުނެލާއަޑު އިވޭތީއެވެ.

"(ބުނަމުންނެވެ.) ތިމަންމެން ތިއަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަ ފުޅަށްޓަކައެވެ. ތިއަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ." (އައްނިސާ: 9)

 

މިއަދު އޮންލައިން