ބީއެމްއެލްއިން ރޯދަމަހު ޚިދުމަތްދޭ ގަޑިތަށް ހާމަކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 49ސ
ބީއެމްއެލްއިން ރޯދަމަހު ޚިދުމަތްދޭ ގަޑިތަށް ހާމަކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން 1443 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް ހާމަކޮށްފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެއެވެ.

މި މުއްދަތުގައި ހިދުމަތްތަކަށް ކަނޑައެޅިފައިވާ ވަގުތުތައް ތިރީގައި އެވަނީއެވެ.

 

މިއަދު އޮންލައިން