ސުވާލު:. ދެއަނބިންގެ ތެރެއިން އަނތްބަކަށް ފިރިމީހާ އަނެއް އަނބިމީހާގެ ދެމެދުގައި ހިނގާ އެއްވެސްކަހަލަ ގުޅުމެއްގެ ވާހަކަ މަޖަލަކަށް ވިއަސް ނޫންނަމަ މަޖާޒީގޮތުން ވިއަސް އަހާ ސުވާލުކުރެވިދާނެތޯ؟ އެގޮތަށް ސުވާލުކުރުމަކީ ކޮންކަހަލަ ކަމެއްތޯ އަދި ފިރިހެންމީހާ މިކަހަލަ ސުވާލެއް ކޮށްފިނަމަ އޭނާ ޢަމަލުކުރަންޖެހޭނީ ކޮންގޮތަކަށްތޯ؟
ޖަވާބު:. އާދެ! ދެމަފިރިންގެ ދޭތެރޭގައި ހިނގާކަންތައްތަކަކީ އެއީ ޙަޤީޤަގުތައި އެދެމީހުންގެ މެދުގައި ސިއްރުވެފައި އޮންނަންޖެހޭކަމެއް، އަދި ފިރިމީހާގެ އެއް އަނތްބަށްވުރެ ގިނަ އަނބިން ތިބެއްޖެކަމަށްވަނީނަމަ އެއް އަނތްބަކާދޭތެރޭގައި ހިނގާ މުއާމަލާތްތައް ނުވަތަ އަނބިފިރިކަމުގެގޮތުން އެ ކަންތައްތައްކުރަމުންދާއިރު ދިމާވާކަންތައްތަކުގެ ވާހަކަ އެއީކީ އެއްވެސް ޙާލެއްގައި އަނެއް އަނބިމީހާ ކައިރީގައި ވިއަސް އަދި އެހެން މީހެއްގެކައިރީގައި ވިއަސް އެއްގޮތަކަށްވެސް ހަމަދައްކައިގެންވާނެ ވާހަކަތަކެއްނޫން، އެއީ ވަރަށް ބޮޑުސިއްރެއް.
އެކަހަލަވާހަކަތަކާ މެދުގައި ސުވާލުކުރުން އެއީވެސް ގޯހެއް އަދި ސުވާލުކުރިކަމުގައި ވީނަމަވެސް އެފަދަ ސުވާލުތަކަށް ޖަވާބުދީގެންވެސް ނުވާނެ، ދެން އެ ސުވާލުކުރަނީ ފިރިމީހާގެ އެހެން އަނތްބެއްކަމަށް ވަނީނަމަ ފިރިމީހާއަށް ޙައްޤު އެބޮތް އޭނާގެ އަނބިމީހާއަށް ވީތީވެ އަނބިމީހާއަށް އެކަން ނުކުރުމަށް ހަމަބާރުއަޅާ ނަޞޭހަތްދީ އޭނާއަށް އެކަން ނުކުރުމަށް އިތުރަށް ތަކްރާރު ނުކުރުމަށް ހަމަ ބުނުން. އެކަމުގެ ފުރުޞަތު އެބޮތް. ފިރިމީހާއަށް އެހެންނަމަވެސް ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް ޙާލެއްގައި އެއްވެސް އަނތްބެއްކައިރީގައި ނުވަތަ އެއްވެސް މީހެއްގެ ކައިރީގައި ދައްކައިގެންނުވާނެ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް