ސުވާލު:. ޕީރިއަޑް ވެގެން އުޅޭ އަންހެނަކަށް ޤްރުއާން ތަރުޖަމާގައި އަތްލެވިދާނެތޯ؟
ޖަވާބު:. ލައްބަ! އަތްލެވިދާނެ އިނގޭތޯ! އެ ސަބަބަކީ ޤްރުއާން ތަރުޖަމާގައި ޤްރުއާނުގެ އާޔަތްތަކައް ވުރެއް އެހެން ވާހަކަތައް ގިނަވާނެ، އެހެންވީމަކާ މައްސަލައެއްނޫން، ޢިލްމުވެރިން ވިދާޅުވަނީ އެ ފޮތެއްގައި އަތްލާއިރުގައި އެފޮތުގައި ބޮޑަށް ގިނައީ ޤްރުއާނުގެ އާޔަތް ކަމަށްވަނީނަމަ ޕީރިއަޑްގެ ދުވަސްވަރުގައި އޭގައި އަތްލައިގެން ނުވާނެކަމަށް! އެކަމަކު އެފޮތުގައި ކޮންމެސްވަރަކަށް ޤްރުއާން ހުރިކަމުގައިވީނަމަވެސް ޤްރުއާނުން ބޭރުވާހަކަތައް އިތުރަށް ހުރެއްޖެކަމުގައި ވަނީނަމަ މައްސަލައެއްނޫން އޭގައި އަތްލިއަސް.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް