ސުވާލު:. ބައްޕައަކު ޙަރާމް ތަކެތި ކާނަމަ އޭނާގެ ދަރިނަށް ސުވަރުގެ ވަދެވޭނެތޯ؟
ޖަވާބު: އާދެ! އެއްވެސް މީހަކު ކުރާ ފާފައެއްގެ ޒިންމާ އެހެންމީހަކު ނަގާކަށް ނުޖެހޭނެ، އެހެންވެ ބައްޕަ ކުށެއްކުރީމައި ދަރިން އެކަމުގެ ޒިންމާ ވާކަށްނުޖެހޭނެ،
އެހެންނަމަވެސް މީގައި އޮތް ތަންކޮޅަކީ ބައްޕައަށް ވިއަސް އަދި މަންމަ ކަމުގައިވީނަމަވެސް ނުރަނގަޅުކޮށް ކަމެއްކުރާކަމުގައި ވަނީނަމަ އެކަމެއް މަނާކުރުމަކީ އެއީ ދަރިންގެ މައްޗަށް ވާޖިބުކަމެއް،
ފަހަރެއްގައި ކުދިންނަށް ހީވެދާނެ މަންމައާއި ބައްޕަ ރުޅިއަރުވާލެވެނިއްޔޭ އެމީހުން ހިތުގައި ޖެއްސެނިއްޔޭ އެމީހުން ނުރުހޭފަދަ ކަމެއް ކުރެވެނިއްޔޭ، އެއްޔެއްނޫން އެއްވެސް ޙާލެއްގައި، އެއީ އެމީހުނަށް ޙަޤީޤަތުގައި ހެޔޮގޮތް ބަޔާންކޮށްދެވެނީ، އެމީހުން ނުރަނގަޅުކަމެއް ކުރަންހެދީމައި ރަނގަޅުކޮށްދިނުން އެއީ ޙަޤީޤަގުތައި އެމީހުނަށް ހެޔޮ އެދުން އެއީ،
އެކަމަކު އެމީހުންކުރާކަން ނުރަނގަޅުކަމެއް އެކަންހަމަ އެގޮތަށް ކުރަން އަޅާނުލާ ދޫކޮށްލާފައި ހުރުން އެއީ ޙަޤީޤަތުގައި އެމީހުނަށްވެވޭ އަނިޔާއެއް، އެހެންވީމައި އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާންޖެހޭނެ. އަޅުގަނޑުމެން ޖެހޭނެ ހަމަ މައިން ބަފައިންނަށް ހެޔޮކޮށް ކަންތައްކޮށްދިނުމުގެ ގޮތުން އެމީހުން ނުރަނގަޅުކޮށް ކުރާ ހުރިހާކަމެއް މަނާކޮށް އެކަމަކަށް އެމީހުނަށް ނަޞޭޙަތްތެރިވެ އެމީހުން ހެޔޮމަގަށް އެޅުވުމަށް މަސައްކަތްކުރަން.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް