ތިބާގެ މަގަށް ހުރަސްއަޅާ މީހުން ހުރަގޭގަ ބަންދުކުރީމާ ތިބާއަށް ކަންކަމުގަ ކާމިޔާބީ ނުހޯދޭނަމަ ތިބާއަކީ މީހެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިބާގެ މަގަށް ހުރަސްއަޅާ މީހުން ހުރަގޭގަ ބަންދުކުރީމާ ތިބާއަށް ކަންކަމުގަ ކާމިޔާބީ ނުހޯދޭނަމަ ތިބާއަކީ މީހެއްތަ؟

މިދައްކާ ވާހަކަ ކަނުލައި ރަނގަޅަށް އަޑުއަހާށެވެ.

ތިބާ ޙާޞީލްކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވެނީ ތިބާގެ ޢަދާވާތެރިން އެކަމަށް ހުރަސްއަޅާތީއެވެ. ތިބާގެ އެންމެ ބޮޑެތި ޢަދާވާތްތެރިން މިހާރުވަނީ ހުރަގޭގައި ބަންދުކުރެވިފައެވެ. ތިބާއަށް އެއްވެސް އުނދަގުލެއް ނުކުރެވޭނެ ގޮތަށެވެ. 

އެޙާލަތުގައި ތިބާއަށް ތިބާގެ މަޤްޞަދުތައް ޙާޞިލްނުކުރެވޭނަމަ ތިބާއަކީ އެއްވެސް ތާކުންތާކު ޖެހޭ މީހަކަށްވާނެ ހެއްޔެވެ؟ ތިބާވާނީ އެންމެ ބޮޑެތި ފޭލިޔަރުންގެ ތެރޭގައި ނޫންހެއްޔެވެ؟ ނިކަން ރަނގަޅަށް ވިސްނާލާފައި ނިކަން ޖަވާބެއް ދީބަލާށެވެ!

ރަމަޟާން މަހަކީވެސް ހަމަ އެފަދަ މައްސަރެކެވެ. ތިބާއަށް ވަސްވާސްދޭ ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވާނެއެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ތިބާއަށް ކުރިއަށް ނުދެވޭނަމަ ތިބާއަކީ އެއްވެސް ގޮތަކުން ތާކުންތާކުޖެހޭ މީހަކަށްވާނެ ހެއްޔެވެ؟ އެއްވެސް އިޚްލާޞްތެރިކަމެއް ހުރި މީހަކަށްވާނެ ހެއްޔެވެ؟ އަމިއްލައަށް ވިސްނާލާފައި ނިކަން ޖަވާބުދީބަލާށެވެ.  

މީސްތަކުންނޭވެ! 2،3 ދުވަހެއްގެ ފަހުން ރަމަޟާން މަސް ފެށެނީއެވެ. އެމަސް އެންމެ ރަނގަޅު ގޮތުގައި ލިބިގަންނަން މިހާރުންސުރެ ޢަޒުމްކަނޑައަޅައި މަސައްކަތްފަށާށެވެ. މިފަދަ ފުރުޞަތުތަކަކީ އަބަދު ލިބޭނެ ފުރުޞަތުތަކެއް ނޫނެވެ. ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން