ޢާންމުކޮށް ހޯމަ ދުވަހާ ބުރާސްފަތިދުވަހު ސުންނަތް ރޯދަ ހިފާ މީހުންނަށް އަންނަ ބުރާސްފަތިދުވަހު ރޯދަ ހިފޭނެ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޢާންމުކޮށް ހޯމަ ދުވަހާ ބުރާސްފަތިދުވަހު ސުންނަތް ރޯދަ ހިފާ މީހުންނަށް އަންނަ ބުރާސްފަތިދުވަހު ރޯދަ ހިފޭނެ!: ޝައިޚް ފަރީދު

މިއަހަރުގެ ކަލަންދަރުގައިވާ ގޮތުން ޝަޢްބާން މަހުގެ ފަހު ދުވަހަކީ ހުކުރު ދުވަހަށެވެ. ވީމާ ޝައްކުގެ ދުވަހަކަށްވާނީ ހުކުރު ދުވަހެވެ. އެހެންކަމުން ޢާންމުކޮށް ހޯމަ ދުވަހާ ބުރާސްފަތިދުވަހު ސުންނަތް ރޯދަ ހިފާ މީހުންނަށް އަންނަ ބުރާސްފަތިދުވަހު ރޯދަ ހިފޭނެއެވެ. އަދި އެދުވަސް ވާނީ ޝަޢްބާން މަހު ސުންނަތް ރޯދަ ހިފޭނެ އެންމެ ފަހުދުވަހަށެވެ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު 

ޝައިޚް ފަރީދު މިމޭރުމުން ވިދާޅުވީ ޢާންމުކޮށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފަމުން އައި ބައެއް މީހުންނަށް މައުލޫމާތު ރަނގަޅަށް އޮޅުން ނުފިލާތީ ޝައުޢްބާން މަހުގެ ފަހު ފަނަރައިގައި ރޯދަ ނުހިފައި ތިބޭކަން ފާހަގަކުރެވިގެން މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބެވެ. 

އެކަން ފާހަގަކުރެވުނީ މިސްކިތްތަކުގައި ސުންނަތް ރޯދަ ވީއްލަން ބާއްވަމުން ގެންދާ ސުފުރާތަކުގައި ބައިވެރިވާ މީހުންގެ ޢަދަދުތަންކޮޅެއް މަދުކަން ފާހަގަކުރެވުމުންނެވެ.

މިއަދު އޮންލައިން