ހަމައެކަނި ރަމަޟާންމަހު މުސްލިމަކަށްވެފައި އެހެން މަސްތަކުގައި ދީން މުގުރައިގެން ހުއްޓާ މަރުވެއްޖިއްޔާ ވާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ހަމައެކަނި ރަމަޟާންމަހު މުސްލިމަކަށްވެފައި އެހެން މަސްތަކުގައި ދީން މުގުރައިގެން ހުއްޓާ މަރުވެއްޖިއްޔާ ވާނީ ކިހިނެއް؟

"އޭނާއަކީ ޢާންމުކޮށް މިސްކިތުގެ ޖަމާއަތަށް ނަމާދަށްދާ މީހެކެވެ. ރަމަޟާން މަހެއްގެ ފުރަތަމަ ދުވަހު މެންދުރުވަގުތު ބަންގިގޮވުމުން އޭނާ އާދައިގެމަތިން ނަމާދަސް ދިއައިއރު މިސްކިތް އޮތީ ފުރިބާރުވެފައެވެ. ޖާގަތައް ފުރިފައެވެ. ޖެހުނީ ބޭރަށް ނުކުންނާށެވެ. 

ބޭރަށް ނުކުމެފައި އޭނާ ސުވާލުކުރިއެވެ. "މިއަހަރުގެ ފާއިތުވި 11 މަސްދުވަހު މިސްކިތް އޮތީ ހުހަށެވެ. ފުރެނީ އެންމެ 4، 5 ސަފެވެ. އަޅެ މިއެންމެން އެއިރު ކޮބައިބާވައެވެ!" 

ރަމަޟާން މަހު މިސްކިތްތަކުގެ ޖާގަތައް ފުރެނީ ގިނަބައަކު ޖަމާޢަތަށްދާން ބޭނުންވާތީ ކަމަށް ބުނިނަމަވެސް އެއީ އެހައި ބޮޑަށް ޤަބޫލުކުރެވެން އޮތް ވާހަކައެއް ނޫނެވެ. ރަމަމާން މަހުގެ 20، 25 ހިސާބުން ފެށިގެން މިސްކިތަސް އެއްގޮތަކަށްވެސް ނާރާ މީހުން މަދެއް ނޫނެވެ. މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. 

މިކަން ފާހަގަކޮށްލަން އަޅުގަނޑު ހިތަށް އެރީ މިއަދުނޫހުގައި ޝާއިޢުކުރި ތިރީގައިވާ ލިޔުން ކިޔާފައެވެ. ނަމާދުނުކުރީމާ އެމީހާގެ އިސްލާމްކަމެއް ނެތެވެ. ނަމާދުނުކޮށް ގިނަ ދުވަސްތަކެއް ފާއިއތުވެއްޖެނަމަ އަލުން ދީނަށް ވަންނަން ޖެހޭ ކަމަށް ޑރ. އިޔާޟް ވިދާޅުވެފައި އޮތް ލިޔުމެއް ތަންކޮޅެއް ކުރިން މިއަދުނޫހުން ވަނީ ކިޔާފައެވެ. 

އަޅުގަޑުގެ ކަންބޮޑުވުމަކީ ރަމަމާން މަހު ނަމާދުކޮށްފައި ދެން އޮތް 11 މަސްދުވަހު ނަމާދުނުކޮށް ހުއްޓާ އެމުއްދަތުގައި (އެ 11 މަސްތެރޭގައި) އޭނާ މަރުވެއްޖެނަމަ ދެންވާނެ ގޮތެކެވެ. އެމީހާ އެމަރުވީ ދީން މުގުރާލައިގެން ހުރި މީހެއްގެ ގޮތުގައިކަމަސް އޮތީތީއެވެ. " އަޅާޔާ ކުފުރާ ދޭތެރޭގައި ތަފާތު ކޮށްދޭ ކަމަކީ ނަމާދު، އާދެ ދީނުގެ ތަނބަކީވެސް ނަމާދު، ނަމާދު ޤާއިމްކޮށްފި ކަމަށް ވަނީނަމަ އެމީހަކު ދީން ޤާއިމްކޮށްފިކަމަށް އޮންނަނީ، އާދެ ނަމާދު އަޅައިފިކަމަށް ވަނީނަމަ ދީން މުގުރައިލައިފި ކަމަށް!" 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

ސުވާލު:. ނަމާދު ނުކޮށް ކުރާ މަސައްކަތުން ލިބޭ އާމްދަނީ ޙަލާލުވާނެތޯ؟ 

ޖަވާބު:. އާދެ! ނަމާދަކީ އެއީ އެންމެ މުހިންމު ކަންތައް! ޙަޤީޤަތުގައި އިނގޭތޯ އެއީ އަޅާޔާ ކުފުރާ ދޭތެރޭގައި ތަފާތު ކޮށްދޭ ކަމަކީ ނަމާދު، އާދެ ދީނުގެ ތަނބަކީވެސް ނަމާދު، ނަމާދު ޤާއިމްކޮށްފި ކަމަށް ވަނީނަމަ އެމީހަކު ދީން ޤާއިމްކޮށްފިކަމަށް އޮންނަނީ، އާދެ ނަމާދު އަޅައިފިކަމަށް ވަނީނަމަ ދީން މުގުރައިލައިފި ކަމަށް! 

އެހެންވީމައި ނަމާދު އަޅާފައި ހުރުމަކީ އެއީ އެއްވެސް ސަބަބެއް އޮވެގެން ކަމުގައި ވީނަމަވެސް އަދި ސަބަބެއް ނެތިގެން ކަމުގައި ވީނަމަވެސް ނަމާދެއް ދޫކޮށްލުން އެއީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫން، 

ދެން މިސާލަކަށް މީހަކު ނަމާދު އަޅާފައި މަސައްކަތް ކުރީ މަސައްކަތް ކުރިކަމުގައި ވީނަމަވެސް އޭނާ އެކުރާމަސައްކަތުން ލިބޭ އާމްދަނީ މަސައްކަތް އެއީ ރަނގަޅު މަސައްކަތަކަށްވެފައި އެމަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި އެނާއަށް ލިބޭ އާމްދަނީ އަކަށް އެއަކުން އަސަރެއް ނުކުރާނެ. 

އަދި ނަމާދު އަޅައިފައި މަސައްކަތް ކުރިއެއްކަމަކުވެސް އެހެނެއްކަމަކުވެސް އޭނާ ނަމާދު އެޅި އެޅުން އެއީ ވަރަށްބޮޑު ފާފައެއް، ޙަޤީޤަތުގައި ނަމާދު އެޅުމުގެ ސަބަބުން އޭނާ ދީނުން ބޭރުވާވަރުގެ ކަމެއް ކަމަކީ، އެހެންވީމައި އެކަހަލަކަންތައްތައް ތަކްރާރުނުކުރުމަށް ނަޞޭޙަތްތެރިވަން. 

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން