ސުވާލު:. މިހާރު އަޅުގަނޑުމެން މަސްވެރިން މަސްވެރިކަމުގައި ރަށުން ފުރުމާއެއްކޮށް ދަތުރުވެރިން ދަތުރުވެރިއެއްގެ ނަމާދު ކުރުމުން އޭގެ އެއްވެސް ކަހަލަގެ އުނި އިތުރެއްވާނެތޯއޭ އޭގެސަވާބަށް ބައެއްމީހުން ބުނޭ ރަށުން ވަކިމޭލަކަށް ދަތުރު ކުރީމައޭ ދަތުރުވެރިއަކަށް މިވަނީ. އެހެންވެ އެކަން އޮޅުންފިލުވާލަންވެގެން.
ޖަވާބު:. ކަންނެލި މަސްވެރިކަމުގައި އުޅޭ މީހުން އެބޭފުޅުންނަކީ އެއީ ހަމަ ކޮންމެ ވަގުތަކުވެސް ކިތަންމެ ދުރަކަށްވެސް ތިބޭފުޅުން ދުއްވަންޖެހިދާނެ. އެބޭފުޅުންގެ މަސައްކަތް ބިނާވެފައި އިންނާނީ އެ މަސް ބޭނުމަށް އެ ބޭނުންވާ ޢަދަދަށް މަސް ބޭނުނީމައި އަނބުރާ އެ މަސްކިރާ ތަނަކަށް ގޮސް ދެން ފަހަރެއްގައި އަނެއްކާ އަނބުރާ މަހަށް ނުކުންނަންވެސް ޖެހިދާނެ، ނޫނިއްޔާ އަނބުރާ ރަށަކަށްވެސް ހިނގައިދާނެ
އެހެންވީމައި މާނައަކީ ވަކި ވަގުތެއް ކަނޑައެޅިފައެއް ނެތޭ އަނބުރާ ރަށަށް އަންނާކަށެއް އެހެންވީމައި އެމީހުންވާނީ ދަތުރުވެރިން ކަމުގައި، އެހެނެއްނޫން މިސާލަކަށް ފަތިހު މަހަށް ގޮއްސަ އިރު އޮށްސެންވާއިރަށް ރަށަށް އެނބުރި އަންނަގޮތަށް ދަތުރުކުރާ މަސްވެރިން އެމީހުންނެއް ނުވާނެ ދަތުރުވެރިންނަކަށް. އެކަމަކު ވަކި މުއްދަތެއް ނެތްގޮގޮތުގައި ރަށުން ބޭރުގައި މަސްކަނޑުމަތީގައި މަސްވެރިކަމުގައި މަސައްކަތް ކުރަން އުޅުއްވާ ބޭފުޅުން އެބޭފުޅުން ވާނީ ދަތުރުވެރިންނަށް،
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް