ޢާއިލާގެ ވަރަށް ގާތް ބައެއް މީހުން ވެސް މަޣްރިބް ނަމާދު ގެއްލޭ ގޮތަށް ރޯދަ ވީއްލުން ދެއެވެ. އެޙާލަތުގަ ޢަމަލުކުރަންވީ ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބުގައި ދެންނެވެން އޮތީ ފިރިހެނަކު ނަމަ އެންމެ ރަނގަޅު ގޮތަކީ މަޣްރިބް މިސްކިތުގެ ޖަމާޢަތުގައި ކޮށްގެން ނަމާދުކޮށްގެން ރޯދަވީއްލުމުގައި ބައިވެރިވުމެވެ. އަނހެނުންނަމަ ނަމާދުކުރެވޭހައި ވަގުތު އޮއްވައި ގެއަށް ގޮސް މަޣްރިބްނަމާދުކުރަންވާނެއެވެ. ތަރާވީޙް ނަމާދަށް މިސްކިތަށްދާ މީހަކު ނަމަ ވަގުތު އޮއްވައި މިސްކިތަށް ދެވޭހާއިރު ލައިގެން ގެއަށްގޮސް މިސްކިތަށްދާންވާނެއެވެ.
ރާއްޖޭގައި ހޮޓާތަކުގައި ނަމާދުކުރެވެން ހުންނަނީ ވަރަށް މަދު ހޮޓަލެއްގައެވެ. ނަމަވެސް މިސްކިތްތައް ހުންނަލެއް ކައިރިކަމުން މިސްކިތުގައި ނަމާދުކޮށްލައިގެން ގޮސްވެސް ބައިވެރިވެވިދާނެއެވެ.
ހަމައެޢާއިއެކު މަޣްރިބް ނަމަދާއި ޢިޝާނަމާދުގެ ވަގުތު ކައިރިކަމުން ދެމެދުގައި ލިބޭނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ. ވީމާ ރޯދަވީއްލުން ނިމިގެން ވާހަކަދެއްކުން ފަދަ ކަންކަމުގައި ވަގުތު ނަގާނުލައި ވީހާ ކުރުކުރުން ރަނގަޅުވާނެއެވެ.
ގާތް މީހުންނަށް ރޯދަވީއްލުން ދިނުމަކީ ރަނގަޅުކަމެއް ނަމަވެސް މިބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ. ނަމަނަމަ މަޣްރިބް ނަމާދު ޖަމާޢަތުގައި ކުރަން ހުރަސް އެޅޭނެ ގޮތަށް ރޯދަވީއްލުންތައް ނުބާއްވާށެވެ! މަޣްރިބް ނަމާދަށްފަހު ރޯދަ ވީއްލުމެއް ބޭއްވި ނަމަވެސް ޢިޝާ ނަމާދަށް ދެވޭހައި ވަގުތު އޮއްވައި ނިންމައިލާށެވެ!
މިލިޔުންވެސް ކިޔައިލާށެވެ!
https://miadhu.mv/article/read/4264145