ރޯދަ ކައިރިވާތީ ހަނދުމަކޮށްދިނުމެއް!: ފަސޭހަވާނެ ކަމުގެ އުންމީދު ނެތްނަމަ، ބަލިމީހާ ދުނިޔޭގަ އޮތް ނަމަވެސް ފިދުޔަދޭށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރޯދަ ކައިރިވާތީ ހަނދުމަކޮށްދިނުމެއް!: ފަސޭހަވާނެ ކަމުގެ އުންމީދު ނެތްނަމަ، ބަލިމީހާ ދުނިޔޭގަ އޮތް ނަމަވެސް ފިދުޔަދޭށެވެ!: ޑރ. އިޔާޟް

ރޯދަ މަސް ފެށެން ދާދި ކައިރިވީއެވެ. ބަލި ޙާލު ހުރި ގޮތުން މިދިއަ އަހަރުގެ ރޯދަތަކެއް ގެއްލިފައިވާ މީހަކު އަދިވެސް ދުނިޔޭގައި އޮވެދާނެއެވެ. ވީމާ ކޮންމެހެން އެމީހާ މަރުވަންދެން ފިދުޔަ ނުދީ ތިބުމުގެ ބޭނުމެއް ނެތެވެ.  

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ބަލިހާލުގައި އޮތް މީހެއްގެ ގެއްލިފައިވާ ރޯދަތައް، ބަލި ފަސޭހަވެގެން ހިފޭނެކަމުގެ އުންމީދު ނެތް ނަމަ ބަލި މީހާ މަރު ނުވި ނަމަވެސް (ގެއްލިފައިވާ ރޯދަތަކަށް) ފިދުޔަ ދިނުމަށެވެ.   

"(ބަލި) ފަސޭހަވާނެކަމުގެ އުންމީދު އޮތް ނަމަ ބަލިފަސޭހަވުމުން ގެއްލުނު ރޯދަތައް ޤަޟާ ކުރާނީއެވެ. ބަލި ފަސޭހަވާނެ ކަމުގެ އުންމީދު ނެތްނަމަ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީއެވެ."  

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "މިދިއަ ރޯދަމަހު އެއްފަޅި ވާގި ނެތި އެއްވެސް ރޯދައެއް ނުހިފި ދިއަ މީހަކު، އަދި މިހާރުވެސް ހޮޑުލެވޭތީ ރޯދަ ހިފޭނެ ގޮތެއް ނެތުމުން" ދެން ކަންތައް ކުރަންވީ ގޮތަކާއިމެދު މީހަކު ކޮށްފައިވާ ސުވާލއްގެ ޖަވާބުގައެވެ.  

އޭނާ ސުވާލުކޮށްފައިވަނީ ނުހިފި ދިއަ ރޯދަތައް ފަހުން ހިފަން މަޑުކުރަންވީތޯ؟ ނުވަތަ އެމީހާ ދުނިޔޭގައި އޮއްވާ އަވަހަށް ފިދުޔަ ދޭންވީތޯއެވެ. އޭނާ ފަހަރެއްގައި ގަދަވެއްޖެނަމަ ރޯދަ ހިފަންވެސް ބޭނުންވެދާނެ ކަމަށާއި ނަމަވެސް މިހާރު އޭނާގެ ޙާލު ވަރަށް ދެރަކަމަށްވެސް ބުނެފައިވެއެވެ. 

މިއަދު އޮންލައިން