ސުވާލު:. ފެންވަރާއިރުގައި ވުޟޫކުރާ ހުރިހާ ގުނަވަނެއްގައި ފެން ޖައްސާފަ ދެން ފެންވަރާ ނިމިގެން ވުޟޫދުޢާ ކިޔައިގެން ނަމާދު ކުރެވިދާނެތޯ؟
ޖަވާބު:. ނޫނޭ، ވުޟޫކުރަންޖެހޭއިރު ވުޟޫކުރާއިރުގައި ވުޟޫގެ ގުނަވަންތަކުގައި ފެން ލަނީ ވަކި ތަރުތީބަކުން، ހިނައިގަންނަ އިރަކު އެތަރުތީބެއް ނާންނާނެ، އެހެންވީމަކާ ހިނައިގަތުން އެއީ ވުޟޫކުރުން ކަމުގައެއް ނުފުދޭނެ، އެހެންނެއްނޫން މިސާލަކަށް ފެންގަޑެއްގެ ތެރެއަށްމީހާ އެއްކޮށް ފުންމާލީ ނުވަތަ މީހާ އެއްކޮށް ފެންގަނޑެއްގެ އަޑިއަށް ދިޔައީ އެހެންވެއްޖެ ކަމަށްވަނީނަމަ ހިނައިގަތުމުގެ ނުވަތަ ވުޟޫކުރުމުގެ ނިޔަތުގައި އެގޮތަށް ފެންގަނޑެއްގެ ތެރެއަށް އޭނާ ފެތިގަތީ އެހެންކަމަށްވަނީނަމަ އެކަން ރަނގަޅުވާނެ، އެހެނެއްނޫން ފެންވަރާއިރުގައި ވުޟޫކުރުމުގެ ނިޔަތުގައި ފެންވެރިކަމުގައި ވީނަމަވެސް އެއީ ވުޟޫއަކަށްނުވާނެ، މިދަންނަވާހެން އެތަރުތީބު އޭގަ ނެތީމަ.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް