ސުވާލު: މިހާރު ފާޚާނާތަކުގައި ގިނައިން މީހުން މި ފެންވަރާ ވުޟޫމިކުރަނީ ދިވެހިރާއްޖޭގައި. ދެން އެހެންވެއްޖެކަމަށް ވެއްޖެކަމަށްވަންޏާ ވުޟޫދުޢާ ކިޔަން މިޖެހެނީ ފާޚާނާއިން ނުކުމެފަތޯ؟
ޖަވާބު: ފާޚާނާގައި ވުޟޫކޮށްފައި ވުޟޫދުޢާ ކިޔަން ކޮންމެހެން ފާޚާނާ އިން ބެރަށް ނުކުންނާކަށް ނުޖެހޭނެ، ސަބަބަކީ މިހާރު މިޒަމާނުގައި ފާޚާނާ ތައް މިހުންނަނީ ފާޚާނާއާ އަދި އޭގެ ތެރޭގައި ފެންވަރާ ތަނާ ހުރިހާތަނެއް އެއްކޮށް އެހެންވީމާ ފާޚާނާ އަށް ބެލެވޭނީ ފާޚާނާ ތަށިމަތީގައި قَضَى حَاجَة ކުރަން އިންނަ ގަޑި އެކަނި. އެނޫން ގަޑިތަކުގައި އެއީކީ ފާޚާނާ ތެރެ ކަމަކަށް ނުވަތަ ފާޚާނާގައި އިންކަމަކަށްނުބެލެވޭނެ. އެހެންވީމައި އެނޫން ގަޑި ތަކުގައި ދުޢާ ކިއުމަކީ މައްސަލައެއްނޫން.
- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް