ދަރިން ލިބުމުން ނަން ކިޔަންޖެހޭނީ ވަކިބަހަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދަރިން ލިބުމުން ނަން ކިޔަންޖެހޭނީ ވަކިބަހަކުންތޯ؟

ދަރިން ލިބުމުން ނަން ކިޔަންޖެހޭނީ ވަކިބަހަކުންތޯ؟ ކިޔުންތެރިއަކު ވަނީ ސުވާލުކުރައްވައިފައެވެ. 

ދެ ޝައިޚުންގެ ބަސްފުޅުންވެސް ސުވާލުގެ ޖަވާބު އެނގިގެންދެއެވެ. 

"ދަރިންނަށް ވަކި ބަހަކުން ނަން ކިޔުމަކީ މަޖުބޫރު ކަމެއް ނޫނެވެ. ކޮންމެ ބަހަކުން ނަންކީ ނަމަވެސް މާނަ ރަނގަޅު ނަމަ މައްސަލައެއް ނެތެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

"ﷲ ތަޢާލާ ޤިޔާމަތް ދުވަހު މީސްތަކުންނާއި މުޚާޠަބް ކުރައްވަވާނީ އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ. މާނައަކީ އެމީހަކަށް ގޮވައިލައްވަވާނީ އެމީހާގެ ބައްޕަގެ ނަން ވެސް ހިމެނޭ ގޮތަށް އެމީހަކަށް ކިޔައި އުޅުނު ނަމަކުންނެވެ. 

ދަރިއަކު ލިބުމުން ރަނގަޅު ނަމެއް ކިޔުމާއި ތައުލީމްދީ ތަރުބިއްޔަތުކޮށް ބޮޑުކުރުމާއި ހެޔޮ ލަފާ، ތަޤްވާވެރި ފިރިއަކު ހޯދައި ދިނުމަކީ ބައްޕައިންގެ މައްޗަށް އޮތް ޙައްޤެކެވެ. މިކަންކަން ޙަދީޘްފުޅުތަކުން ސާބިތުވާނެއެވެ." ޝައިޚް އިބްރާހީމް ފަރީދު 

މިފަދަ ސަބަބުތަކަށްޓަކައި މުސްލިމުންނަށް ކިޔައި އުޅޭ ރިވެތި، މަތިވެރި ނަންތަކުން ދަރިންނަށް ނަން ކިޔުމަށް ދީނީ ޢިލްމުވެރިން ބާރު އަޅުއްވަވައެވެ.

 

މިއަދު އޮންލައިން