ހިފަން އެންމެ ފަސޭހަ ރޯދަ ހިފައިގެން ރޯދަ ހިފިކަމަކަށް ނުވާނެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިފަން އެންމެ ފަސޭހަ ރޯދަ ހިފައިގެން ރޯދަ ހިފިކަމަކަށް ނުވާނެ!: ޝައިޚް އަބޫބަކުރު ޒައުދު

ޢިލްމްވެރިން ބަޔާން ކުރައްވަވާ ގޮތުގައި ހިފަން އެންމެ ފަސޭހަ ރޯދައަކީ ނުކައިހުރުމާއި ފާޣިޝް ޢަމ،ަލުތައް ދުވާލުގެ ވަގުތަކުގައި ނުކޮށް ހުރުމެވެ. ނަމަވެސް މިގޮތަސް ހިފާ ރޯދައަކީ ރޯދައަކަށް ނުވެއެވެ. 

ހިފާ ރޯދަ ރޯދައަކަށްވާނީ މިބުނި ދެކަންތަކުން ދުރުހެލިވެ ހުރިމާއިއެކު ތަޤްވާވެރިކަމުގައި ރޯދަ ހިފުމެވެ. ދެން ބަލައިލަންވީ ތަޤްވާވެރިކަމާއިއެކު ރޯދަހިފުމަކީ ކޮބައިތޯއެވެ؟ އެއީ ﷲ ތަޢާލާއަށް ބިރުވެތިވެގެންހުރެ ރޯދަ ހިފުމެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވެގެން ހުރެ ރޯދަ ހިފުމަކީ ޙަރާމް ކުރެއްވެވި އެންމެހައި ކަންމުން ދުރުހެލިވެހުރެ ރޯދަހިފުމެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާގެ ޢަމަލުތަކުން ރޯދަހިފަންޖެހޭނެއެވެ. ޢަމަލުތަކުން ރޯދަހިފުމަކީ ހަމައެކަނި އަޅުކަންކުރަމުން ރޯދަހިފުމެއްވެސް ނޫނެވެ. 

- ތިމާގެ ބެލުންތައް ތިރިކޮށް ލޮުން ފާފަފަކުރުމުން ސަލާމަތްވާން ޖެހެއެވެ.

- ކަންފަތުން ނުބައި ވާހަކަތައް އަޑުއެހުމުން ދުރުހެލިވާން ޖެހެއެވެ.

- ދުލުން ޛިކުރްކުރާ ފަދައިން ދުލުން ނުބައި ބަސްތައް ބުނުމުން ދުރުހެލިވާންޖެހެއެވެ.

- ރުޅި އިސްކޮށްގެން ނުވާނެއެވެ.

- މީހަކު ތިބާ ރުޅިއަރުވައި ޒުވާބުކުރަން އުޅުނު ނަމަވެސް ޒުވާބު ކޮށްގެންވެސް ނުވާނެއެވެ. 

- ހަމަ އެއާއިއެކު ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރަން މަސައްކަތްކުރަންވާނެއެވެ. 

ވީމާ މިބުނި ކަންކަމަށް ސަމާލުކަން ނުދެވޭނަމަ ހިފާ ރޯދަ، ރޯދައަކަށް ނުވާނެއެވެ.

 

- ޝައިޚް އަބޫބަކުރު ޒަުދުގެ ދަރުސަކުން

މިއަދު އޮންލައިން