ދުނިޔޭގައި އެންމެ ގިނަ މީހުން ކުރި އަދި ކުރާނެވެސް ދުޢާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދުނިޔޭގައި އެންމެ ގިނަ މީހުން ކުރި އަދި ކުރާނެވެސް ދުޢާ!: މުފްތީ މެންކް

ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް ނަމާދު ފަރުޟު ކުރެއވެވީންސުރެ މިއަދާއި ހަމައަށް ބެލިނަމަވެސް ، ޓްރިލިއަނުން ގުނަން މަސައްކަތްކުރި ނަމަވެސް ގިނައި އަދަދު ނުކުރެވޭނެހައި ގިނަ ބައަކު ވަނީ މަރުވެފައެވެ. އެއެންމެންވެސް އެންމެ ގިނައިން ކުރި ދުޢާއަކީ އެމީހުން ކުރި ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައިވެސް ކުރި ދުޢާއެވެ. އަދި ދުނިޔެ އޮތްހައި ދުވަހަކު މުސްލިމުން އެންމެ ގިނައިން ކުރާނެވެސް ދުޢާއެވެ. 

ކޮންމެއަކަސް މިދުޢާއަކީ ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު ދުޢާއެވެ. އެހެނީ ސީދާވެގެންވާ ތެދުމަގަށ ހިދާޔަތު ލިބުންވަނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ދެން ޔަޤީންކުރަންޖެހޭނެ ކަމަކީ ތެދުމަގު ލިބިގަންނަން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ ކޮންމެ އަޅަކަށްވެސް ﷲ ތަޢާލާ ތެދުމަގުދައްކަވާނެކަމެވެ. އިޚްލާޞްތެރިކަމާއިއެކު އެކަމަށް އެދި ދަންނަވާ އެއްވެސް މީހެއްގެ ކިބައިން އެކަން ޤަބޫލުފުޅު ނުކުރައްވަވައި ދޫނުކުރައްވަވާނެ ކަމެވެ. 

اهْدِنَا الصِّرَاطَ الْمُسْتَقِيمَ 

" އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!" 

(އަލް ފާތިޙާ: 6)

ދެން ބުނެފާނެއެވެ. ކޮންމެ ޝައިޚަކު އެހައިގިނައިން މިދުޢާގެ ވާހަކަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ދެދުނިޔޭގެ ކާމިޔާބީގެ ތަޅުދަނޑިއަކީ މިދުޢާއެވެ. އެތަޅުދަނޑި ލިބެން އޮތީ މިދުޢާކުރިވަރަކުންނެވެ. ދުޢާޢަށް ޢަމަލުކުރަން މަސައްކަތްކުރިވަރަކުންނެވެ. ސީދާވެގެންވާ ތެދުމަގު ލިބި އެމަގުގައި ސާބިތުވެހުރިވަރަކުންނެވެ.

މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. ސީދާވެގެންވާ ތެދުމަގު ލިބިގަތުމަށް ގަދައަޅައި އެންމެ ބޮޑަށް މަސައްކަތްކުރަން އޮތް މަހެވެ. ވީމާ ހަމަ ހަނދުމަކޮށްލަދިނީއެވެ. 

އަހުރެން މިވަގުތު މަދީނާގައި މިހުރީ ކީއްވެގެން ހެއްޔެ؟ ހަމަ އެބޭނުމުގައެވެ. ﷲ ތަޢާލާ ތެދުމަގު ދައްކަވާ އަޅުންގެ ތެރޭގައި ހިމެނޭތޯއެވެ. ތެދުމަގުން ލިބުންވަނީ ﷲ ތަޢާލާ ދެއްވެވި އަޅަކަށެވެ. ތެދުމަގު ދައްކަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނަށެވެ.    

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން