ޙާލަތުނިޔާކުރާގޮތުން ކުރުކޮށް ތަރާވީޙްކުރަން ޖެހޭނަމަ ކުރުކޮށްކުރާށެވެ! ބޭނުންނަމަ ފަހުން އިތުރުކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ޙާލަތުނިޔާކުރާގޮތުން ކުރުކޮށް ތަރާވީޙްކުރަން ޖެހޭނަމަ ކުރުކޮށްކުރާށެވެ! ބޭނުންނަމަ ފަހުން އިތުރުކޮށްލާށެވެ!

ޞިއްޙީ މައްސަލަތައް ކުރިމަތިވުމާއި އަދި ކުރަންޖެހޭ މަސައްކަތުގެ ގޮތުން ތަރަވީޙް ނަމާދު ކުރުކޮށް ކުރަންޖެހޭ މީހުން ތިބޭނެއެވެ. އެފަދަ މީހުން ދެރަވެ މާޔޫސްނުވާށެވެ. ކުރުކޮށް ތަރާވީޙް ނަމާދުކުރާ އިމާމުންގެ ފަހަތުގައިކުރާށެވެ.  

ދެން އޮތީ ހޭދަކުރެވުނު ވަގުތު މަދުވެގެން ދެރަވުމެވެ. އެހެންކަމަށްވާނަމަ ފަހުން ރޭއަޅުކަންކުރާށެވެ. އެއީ އެމީހަކު ކުރަން ބޭނުން ވާ ވަރަކަށް ކުރެވެން އޮތް އަޅުކަމެކެވެ. ކިތަންމެ ކުރު ސޫރަތް ކިޔަވަމުން ނަމަވެސް ކުރެވެން އޮތް ކަމެކެވެ.  

އަދި ކީއްހެއްޔެވެ؟ ދަމުނަމާދަކީ ކުރަނިކޮށް ނިދިއަތުވެއްޖެނަމަ ނިދާލާފައި އަލުން ތެދުވެވެސް ކުރެވެން އޮތް ނަމާދެކެވެ. ދެރަކްޢަތުން ދެރަކްޢަތުން ކުރަމުން ގެންދަންވީއެވެ. އަދި އެންމެ ފަހުން ކުރާ ނަމާދަކީ ވިތުރިގެ 1 ރަކްއަތް ކަމުގައި ހަދާށެވެ.  

އެންމެ މުހިންމުކަމަކީ ރަމަޟާން މަހުގައި ވީހާ ގިނައިން ރޭއަޅުކަންކުރުމެވެ. ވީމާ އެމީހަކަސް ވީހައި ގިނައިން ރޭއަޅުކަންކުރަން ގަދައަލައި މަސައްކަތްކުރާށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން