ކޮންމެ މީހަކީވެސް ފައިދާހުރި ޢިލްމް އުނގެނެން މަސައްކަތްކުރުން ވާޖިބުވާނެ މީހެކެވެ. އެގޮތުން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ﷲ ތަޢާލާ އާއި އަދި އިސްލާމް ދީނާއި ގުޅުންހުރި ޢިލްމްތަކެވެ. އެޢިލްމްތައް ޙާޞިލް ނުކުރާނަމަ އެމީހަކާއި ﷲ ތަޢާލާ ސުވާލު ކުރައްވަވާނެއެވެ.
ނަމާދުކުރުން ކަމަށް ބެލިނަމަވެސް ޤުރްއާން ކިޔެވުން ކަމަށް ބެލިނަމަވެސް އަދި ދުޢާކުރުނކަމަށް ބެލިނަމަވެސް ދީނާއި ގުޅުންހުރި ކޮންމެ ކަމެއްވެސް ކުރެވެން އޮތީ ހަމަ އެކަމުގެ ޢިލމްއުނގެނިގެންނެވެ. ވީމާ ދީނުގެ ޢުލްމް އުނގެނެން މަސައްކަތްނުކޮށް ތިބެން ހެޔޮނުވާނެއެވެ. އެއީ ކުރިން މި ބަޔާންކުރި ފަދދައިން ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލުކުރައްވަވާނެކަމަކަށްވާތީއެވެ.
(ދަރުސްގެ ބައިތައް ވަކިން ގެނެސްދޭން މަސައްކަތްކުރާނަން- އިން ޝާ ﷲ)
الشيخ فضلون محمد (حفظه الله)